ޓިއުނީޝިއާގެ ގާނޫނުހަދާ މަޖިލިސް، އެގައުމުގެ ރައީސް ވަކި ގޮތެއް ނިންމަވަންދެން، މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް، އެގައުމުގެ ރައީސް ކައިސް ސައީދު ނިންމަވާފައި ވާކަމަށް، ޓިއުނީޝިއާގެ ރައީސް އޮފީހުން ހާމަ ކޮށްފިއެވެ.
އަދި، މި ނިންމެވުމާއެކު، އެގުމުގެ ގާނުނުހަދާ މަޖިލިހުގެ މެމްބަރުންނަށް ލިބިފައިވާ ހުރިހާ އިމްތިޔާޒެއްވެސް މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައި ބޭއްވުމަށްވެސް ރައީސް ސައީދު ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަ ކޮށްފައިވެއެވެ.
ޓިއުނީޝިއާގެ ރައީސް ކައިސް ސައިދުވަނީ، ފާއިތުވެދިޔަ މަހު، އެގައުމުގެ ބޮޑުވަޒީރު މަގާމުން ދުރުކޮށް، ގާނުނުހަދާ މަޖިލިސް ސަސްޕެންޑްކޮށް، ވެރިކަމުގެ ހުރިހާ ބާރެއް އައްޕުޅަށް ނަންގަވާފައެވެ. ރައީސް ސައިދު ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކޮށް، ގައުމު ހިންގުމުގެ ހުރިހާ ބާރެއް ނެންގެވި ނެންގެވުން އިދިކޮޅު ފަރާތްތަކުން ސިފަ ކޮށްފައިވަނީ އޭނާ ގެންނެވި ބަޢާވާތެއްގެ ގޮތުގައެވެ.
އެހެންނަމަވެސް ކައިސް ސައީދު ވިދާޅުވެފައިވަނީ، ގައުމު ފުން އަދަވަޅަކަށް ވެއްޓިގެން ދިއުމުން ސަލާމަތް ކުރެއްމަށް އެއީ އޭނާއަށް ނިމަވަން މަޖުބޫރު ނިންމެވުންތަކެއް ކަމުގައެވެ.
ޓިއުނީޝިއާގައި ކޯވިޑްގެ ހާލަތު ގޯސްވަމުން ދިއުމާއި، އަދި ކުރިމަތިވަމުންދާ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރާއި އަދި ރައީސް ސައީދުއާއި ދެމީހުންގެ މެދުގައި ޚިޔާލުތަފާތުން ވެފައިވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.
ޓިއުނީޝިއާގެ ރައީސްއާއި އަދި ގާނޫނު ހަދާ މަޖިލިސް އިންތިޚާބު ކޮށްފައިވަނީ، 2019ވަނަ އަހަރު ވަކިވަކިން ބޭއްވުން ދެ އިންތިޚާބެއްގައެވެ.
އެހެންނަމަވެސް ބޮޑުވަޒީރު މެޗީޗީ މަގާމާ ހަވާލުވެ ވަޑައިގަތީ އޭގެ ކުރިން، ކުރު މުއްދަތަކަަށް އޮތް އޮތް ސަރުކާރު ބަދަލްވެގެން ދިއުމާ ގުޅިގެންނެވެ.
ޓިއުނީޝިއާގެ ރައީސްގެ މި ނިންމެވުމާ ގުޅިގެން، މުޒާހިރާ ކުރަމާ ފަރާތްތަކުންވަނީ މަގުތަކަށް ނިކުމެ އުފާ ފާޅު ކޮށްފައެވެ.
މިހާރުގެ ރައީސް ސައީދުއަކީ، 2019ގެ ޓިއުނީޝިއާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކުރެއްވި ކެނޑިޑޭޓޭވެ. އޭނާ އެ އިންތިޚާބުގައި ވާދަކޮށްފައިވަނީ އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅިވަޑައިގެނެއް ނޫނެެވެ. ނަތީޖާއެއްގެ ގޮތުން، ސިޔާސީ ފަރާތްތަކުގެ ޗަރުކޭސްތަކުގެ މަތިން ފޫހިވެފައިވާ އެތަކެއް ރައްޔިތުންނެއްގެ ތާއީދު އޭނާއަށް ލިބިގެން ދިޔައެވެ. އަދި ވަކީން ޚާއްސަކޮށް، ޓިއުނީޝިއާގެ ޒުވާން އާބާދީގެ ބޮޑު އިންސައްތައެއްގެ ތާޢީދުވެސް އޭނާއަށް އެ އިންތިޚާބުގައި ލިބިގެން ގޮސްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.