ސައުދީ އަރަބިއާގައި، ފުރަތަމަ ފަހަރަށް، އަންހެން ކުދިންގެ ފުޓުބޯޅަ ސެންޓަރެއް ހުޅުވަނީ

ސައުދީ އަރަބިއާގައި، ފުރަތަމަ ފަހަރަށް، އަންހެން ކުދިންގެ ފުޓުބޯޅަ ސެންޓަރެއް ހުޅުވަނީ

Author
ހުސެއިން
23 އޮގަސްޓް 2021 06:17
0

ސައުދީ އަރަބިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހުޅުވާ، އަންހެންކުދިން ތަމްރީނު ކުރާ ފުޓުބޯޅަ ސެންޓަރުތައް ހުޅުވުމަށް ތައްޔާރު ވެފައިވާ ކަމުގައި އެގައުމުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ސައުދީގެ އައްރިޔާދިއްޔާ ސްޕޯޓްސް ނިއުސްއިން ބުނެފައިވާ ގޮތުގައި، ސައުދީ އަރަބިއަން ފުޓްބޯޅަ ފެޑެރޭޝަން (SAFF)ގެ ފަރާތުން ސައުދީގެ އަންހެން ކުޅުންތެރިން ތަމްރީނު ކުރުމަށް ހަމަޖަހިފައިވާ ރީޖަނަލް ޓްރެއިނިން ސެންޓަރުތައް، އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު، އެގައުމުގެ އެކި ކަންކޮޅުތަކުގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިސެންޓަރުތަކުގައި 3 އުމުރުފުރައެއްގެ ޒުވާން އަންހެންކުދިން ތަމްރީނުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ލޯކަލް މީޑިއާއިން ރިޕޯޓު ކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ، 13 އަހަރުން ދަށް، 15 އަހަރުން ދަށް، އަދި 17 އަހަރުން ދަށުގެ އުމުރުފާރާތަކެވެ.

އައްރިޔާދީއްޔާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ސެންޓަރުތަކުން އަންހެންކުދިންނަށް ތަމްރީން ލިބިގަތުމުގައި ރައްކާތެރި މާހައުލެއް ތަނަވަސް ކޮށްދޭނެއެވެ. އަދި މިތަންތަނަކީ، ތަމްރީ ދެވޭ ކުދިންގެ ހުނަރު ދެނެގަތުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްވެސް ގާއިމް ކުރެވިފައިވާ ތަންތަނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ސައުދީ އަރަބިއާއިންވަނީ، އެގައުމުގެ ވަލީ އަހުދު، މުހައްމަދު ބިން ސަލްމާންގެ ވިޝަން 2020ގެ ދަށުން، ޕްރޮފެޝަނަލް ހައިސިއްޔަތުންވެސް، އަދި އެނޫން ގޮތްގޮތުން ކުޅިވަރުގެ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން، އެގައުމުގެ ސަރުކާރުގެ ޕޮލިސީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ސިޔާސަތުތަކުގެ ދަށުން، ސައުދީގެ އަންހެނުންނަށް މިހާރު ކުޅިވަރު ކުޅޭ ސްޓޭޑިއަމްތަކަށް ވަނުމުގެ ފުރުސަތު ލިބި، އަދި ގައުމީ ފެންވަރުގެ ޓީމްތައް އެކުލަވާލުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ.

ސައުދީ އަރަބިއާގެ ކުޅިވަރާބެހޭ ވަޒީރު އަބުދުލް އަޒީޒު ބުން ޓާރކީ އަލް-ފައިސަލް ވިދާޅުވެފައިވާ ގޮތުގައި، 2015އިން 2020 ވަނަ އަހަރާ ދެމެދު، އެގައުމުގައި އަންހެނުން ކުޅިވަރުތަކުގައި ބައިވެރިވާ ނިސްބަތްވަނީ %149 އިތުރު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.