ލާޒިޔޯއިން އިންޓަރ ހިފެހެއްޓިއިރު އެޓްލާންޓާއަށް ބޮޑުމޮޅެއް

ލާޒިޔޯއިން އިންޓަރ ހިފެހެއްޓިއިރު އެޓްލާންޓާއަށް ބޮޑުމޮޅެއް

Author
ހުސައިން
05 އޮކްޓޯބަރ 2020 11:54
0

އިޓާލިއަން ސެރިއާގައި އިންޓަރ މިލާނާއި ލާޒިޔޯ ކުޅުނު މެޗު އެއްވަރުވިއިރު އެއްޓަލާންޓާއިން ލީގުގައި ބޮޑު މޮޅެއް ހޯދައިފިއެވެ.

ލާޒިޔޯ އިންޓަމިލާނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އިންޓަރ މިލާނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނިޓުގައި ލައުޓަރޯ މާޓިނޭޒްއެވެ. މެޗުގެ ނަތިޖާ ލާޒިޔޯއިން ހަމަހަމަކުރީ މިލްނޮވިޗް ސަވިޗް 55 ވަނަމިނިޓުގައި ކާމިޔާބުކޮއްދިން ލަނޑުންނެވެ.

ލާޒިޔޯއިން ނަތީޖާ ހަމަހަމަ ކުރިތާ 14 މިނިޓުފަހުން އެޓީމުގެ ޗިރޯ އިމޮބިލޭ އަށް ވަނީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗު ނިމެން ތިންމިނެޓަށް ވެފައިވަނިކޮށް އިންޓަމިލާނުގެ ސްޓެފަނޯ ސެންސީއަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

ރޭ ސެރިއާގައި އެޓްލާންޓާއިން ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެޓްލާންޓާ ދަނޑުގައި ކުޅުނު މެޗު އެޓްލާންޓާއިން ކާމިޔާބުކުރީ ކަލިއޭރީއާ ވާދަކޮށް 5-2 ލަނޑުންނެވެ. މެޗުފަށައިގެން 7 ވަނަ މިނޓުގައި އެޓްލާންޓާގެ ލުއިސް މުރިއެލް ލަނޑެއް ޖަހައި ކުރި ހޯދާފަވަނިކޮށް 24 ވަނަ މިނިޓުގައި ކަލިއޭރީގެ ޑިއެގޯ ގޯޑިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓްލާންޓާއިން ހަތަރު ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޕަޕޫ ގޯމޭޒް، މާރިޔޯ ޕަސަލިޗް އަދި ޑުވާން ޒަޕާޓާއެވެ. އެޓްލާންޓާގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ސެމް ލަމާސޭއެވެ. ކަލިއާރީގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީ ކޮޅު ކާމިޔާބުކޮއްދިނީ ޖާއޯ ޕެޑްރޯއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗު އެޓްލާޓައިން ކާމިޔާބުކުރި އިރު އެޓީމުން ވަނީ 13 ލަނޑުޖަހާފައެވެ. ރޭ ސެރިއާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބެންވެންޓޯ ބޮލޯނާގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދިއިރު ޕާމާއިން ވަނީ ވެރޯނާގަ މައްޗަށް 1-0 ލަނޑު ކުރި ހޯދާ ލީގުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

މި ނަތީޖާއެކު އެޓްލާންޓާ އެއްވަނައިގަ އޮތީ ތިން މެޗުން 9 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަމިލާން އޮތީ 7 ޕޮއިންޓާއެކު ތިންވަނައިގައެވެ. ލާޒިޔޯ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.