އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދު ޞާދިގު (ޞޯބެ) ދެވަނަ ކައިވެންޏެއް ކުރައްވައިފިއެވެ.
ޞާބެ ދެވަނަ ކައިވެންޏެއް ކުރައްވާފައިވާއިރު، ކުރީގެ ކައިވެންޏަށް ދެބޭފުޅަކު ވަނީ ލިބިފައެވެ. އަދި މިހާރުގެ އަނބިކަނބަލުންގެވެސް ދެ ދަރިން ތިބެއެވެ. ޞޯބެ ކައިވެނި ކުރެއްވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެދެމަފަރިންނަށް މަރުހަބާ ކިޔަމުންނެވެ.
Congratulations @SobeAbdulla
@Xinnu_A ? https://t.co/S6xtLUMEM6— Moosa Anwar ?? (@moosaanvar) August 21, 2021
ޞޯބެއަކީ އައްޑޫ ސިޓީގެ މޭޔަރުކަން ލާމަރުކަޒީ ޤާނޫ ވުޖޫދުވެގެން މިދައުރާއިހަމައަށް ކުރެއްވި ޞޯބެއަކީ އައްޑޫ ސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، ޚިދުމަތްތެރި ބޭފުޅެކެވެ. މަޑުމައިތިރި މިޒާޖެއްގެ ޞޯބެއަކީ އެދާއިރާގެ ގިނަ ބައެއްގެ ތާއީދުވެސް އޮތް ބޭފުޅެކެވެ. ނަމަވެސް މިފަހަރުގެ ކައުންސިލް އިންތިޚާބުން ފުރުސަތު ގެއްލުނީ އަމިއްލަ ޕާޓީ ޕްރައިމަރީގައި މިހާރުގެ މޭޔަރު އަލީ ނިޒާރުއާއި ވާދަކޮށް ބަލިވުމުންނެވެ.
މޭޔަރުގެ މަޤާމުން ވަކިވުމަށްފަހު ސިޔާސީ މައިދާނުން ޞޯބެ މިދުވަސްވަރު އެހާބޮޑަށް ނުފެނެއެވެ.
ކޮމެންޓު ފޮނުވާ