ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ ޝޫޓިންގ ފަށައިފި

ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީގެ ޝޫޓިންގ ފަށައިފި

Author
ފާތިމަތު ނާވީ
24 އޮގަސްޓް 2021 06:42
0

ރަންވީރު ސިންގް އަދި އާލިއާ ބަޓް އެކުގައި ފެންނަ ފުރަތަމަ ފިލްމް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޝޫޓިންގ ފަށައިފިއެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ޝޫޓިންގ ފެށީ ހުކުރު ދުވަހުއެވެ. ކަރަން ޖޯހަރު ޑައިރެކްޓްކުރާ މި ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް"އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

ކަރަން ވަނީ މި ފިލްމްގެ ޝޫޓިންގ ފެށިކަން އިއުލާންކޮށް އިންސްޓަގްރާމްގައި ވީޑީއޯއެއް ޕޯސްޓް ކޮށްފައެވެ. އާލިއާ އާއި ރަންވީރު އެކުގައި ފުރަތަމަ ފަހަރަށް ފެނިގެން ދާ މި ފިލްމް ގެ ޝޫޓިން ފެށިކަން އެމީހުންގެ އިންސްޓަގްރާމްގައި ވެސް ވަނީ އިއުލާން ކޮށްފައެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރަންވީރު އަދި އާލިއާ އާއިއެކު ދަރުމެންދުރާ އާއި ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. ފި ފިލްމް ގެނެސްދޭން ތާވަލް ކޮށްފައި ވަނީ އަންނަ އަހަރަށެވެ.

އިޝިތާ މޮއިތުރާ އާއި ޝަޝާންތް ކައިތަން އަދި ސުމިތް ރޯއީގެ މި ފިލްމް ގެ ވާހަކަ ލިޔެފައިވާ އިރު ޕްރޮޑިއުސް ކޮށްފައި ވަނީ ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.