ޓީމަށް ފުރިހަމަ އިތުބާރު ކުރަން : ކޯމަން

ޓީމަށް ފުރިހަމަ އިތުބާރު ކުރަން : ކޯމަން

Author
ހުސައިން
04 އޮކްޓޯބަރ 2020 06:00
0

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ނުކުންއިރު އެޓީމު ވަރުގަދަކަމަށާއި އެހެން ނަމަވެސް ބާސެލޯނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ބުނީ ހުރީހާ އިރެއްގައިވެސް ވާދަވެރިޔެއްގެ ގޮތުގައި ސެވިއްޔާ ވަރަށް ވަރުގަދަކަމަށެވެ. އެހެންކަމުން މެޗުން ނަތީޖާއެއް ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެކަމަށް ކޫމަށް ބުންޏެވެ. ސެވިއްޔާގަ ހުރީ ރަނގަޅު ކޯޗެއް ކަމަށާއި ޓެކްނިކަލީ ވެސް އެޓީމުން މޮޅަށް ކުޅޭކަމަށެވެ.

" މެޗު ވަރަށް އުނދަގޫވާނެ، އެޓީމަކީ އަބަދުވެސް އެއްފެންވަރުގަ ކުޅޭ ޓީމެއް، އަހަންނަށް ޔަގީން ކަން އެބައޮތް ޓީމާދޭތެރޭ ކުރުން މެޗުގެ ދެއްކި ކުޅުންދައްކައިފިއްޔާ މޮޅުވާނެ" ކޯމަން ބުންޏެވެ.

ބާސެލޯނާ އޮތީ އެންމެފަހުން ކުޅުނު ދެ މެޗުން ހޯދީ މޮޅާއެކު އިތުބާރާއެކު ކަމަށް ކޫމަން ވަނީ ބުނެފައެވެ. އޭނާގެ ވަޒީފައަކީ ކޮންމެ މެޗަކަށްވެސް ބާސެލޯނާގެ އެންމެ މޮޅު ޓީމު ނެރުންކަމަށާއި އެގޮތުން އެމެޗަކަށް ނެރޭނީ އެ މަގާމެއްގައި އެންމެ މޮޅަށް ކުޅޭނެ ކުޅުންތެރިންކަމަށް ކޫމަން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.