ޤަތަރުގެ ދޯހާގައި ތިއްބަވާ ތާލިބާނުންގެ އިސް ލީޑަރުން

ޢަނީގެ ވެރިކަމަށްވުރެ، ތާލިބާންގެ ވެރިކަމުގައި އަފްއާނިސްތާންގެ ހާލަތު މާރަގަޅު: ރަޝިއާ

ޢަނީގެ ވެރިކަމަށްވުރެ، ތާލިބާންގެ ވެރިކަމުގައި އަފްއާނިސްތާންގެ ހާލަތު މާރަގަޅު: ރަޝިއާ

އަފްއާނިސްތާނުގެ ކުރީގެ ވެރިކަމުގައި، އެގައުމުގެ ކާބުލް އޮތް ހާލަަތަށްވުރެ، ތާލިބާނުންގެ ވެރުކަމުގައި މިހާރު ކާބުލްގެ ހާލަތު މާރަގަޅު ކަމުގައި ވިިދާޅުވެ، ތާލިބާނުންނަށް، އަފްއާނިސްތާނުން ކަޑައަޅާފައި ހުންނަވާ ރަޝިއާގެ ސަފީރު ތާލިބާނުންނަށް ތައުރީފުކޮށްފިއެވެ.

ރަޝިއާއިން އަފްއާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑާމިޓީ ޒިރްނޯވް ފާޅުގައި ތާލިބާނުން އުފައްދާ ސަރުކާރަކީ އަފްއާނިސްތާނުގެ ގާނޫނީ ސަރުކާރު ކަމުގައި ވިދާޅު ނުވިނަމަވެސް، އޭނާގެ ވާހަކަތަކުން، ތާލިބާނުންނާއި ރަޝިއާ ސަރުކާރާ ދެމެދު އޮތް ގާތްގުޅުން ރަމްޒު ކޮށްދޭކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މޮސްކޯގެ އެކްހޯ ކޮސްކްވީ ރޭޑިއޯ ޗެނަލްގައި ވާހަކަ ދައްކަވަމުން ޒިރްނޯވް ވިދާޅުވީ، މިހަފްތާގެ އާދީއްތަ ދުވަހު ތާލިބާނުން ކާބުލް ހިފުމަށްފަހު މިހާތަނަށް ދައްކުވަދީފައިވާ ގަބޫލުކުރެވޭ، ވިޔަފާރިއާއި ރައްޓެހި ސިޔާސަތުގެ ސަބަބުން، ތާލިބާނުންނާ ދޭތެރޭ ކުރަމުންއައި އުއްމީދުތައް ވަރަށްބޮޑަށް އާލާ ވެފައިވާ ކަމުގައެވެ.

"ކާބުލް ސިޓީގެ ހާލަތު ހަމަޔަކަށް އެޅި، އަދި ވަނީ އަމަން އަމާންކަން ގާއިމު ކުރެވިފަ،" އޭނާ ވިދާޅުވިއެވެ. "ކާބުލްގެ ހާލަތު، ކުރީގެ ވެރިކަމަށްވުރެ، ތާލިބާނުންގެ ބާރުގެ ދަށުގައި، މިހާރު މާރަގަޅު."

ޒިންރޯވް ވިދާޅުވި ގޮތުގައި، އަފްއާނިސްތާނުގެ ކުރީގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގަތުމާއެކު، އަގައުމުގައި އޮތް ވެރިކަން ވެއްޓިގެން ދިޔައީ ހީވެސް ނުކުރާ ހަކަލަ ގޮތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވެރިރަށް ކާބުލްގެ ސްކޫލްތައްވެސް މިހާރު ހުޅުވިފައިވާ ކަމަށާއި، އަންހެން ކުދިންވެސް މިހާރު ސްކޫލްތަކަށް ދާން ފަށާފައިވާ ކަމަށެވެ.

ޒިންރޯވް ވިދާޅުވީ، އޭނާ އުއްމީދު ކުރައްވަނީ ތާލިބާންގެ އޮފިޝަލުންނާއެކު ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާތައް ވަރަށް އަވަހަށް ބޭއްވިގެން ދާނެކަމަށެވެ. އަދި ތާލިބާން ހަގުރާމަވެރިން ރަޝިއާ އެމްބަސީ ވަށާލާފައިވާ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވެފައިވަނީ، އަފްއާނިސްތާނުގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ތާލިބާނުން ދީފައިވާ ކަމަށެވެ.

ރަޝިއާގެ ރައީސްގެ ފަރާތުން އަފްއާނިސްތާނަށް ކަޑައަޅުއްވާފަ ހުންނަވާ ޚާއްސަ މަންދޫބު ޒަމީރު ކަބުލޯވް ވިދާޅުވެފައިވަނީ، ރަޝިއާއިން އައީ ފާއިތުވެދިޔަ އަހަރުތަކުގައި ތާލިބާންއާއެކު ގުޅުން ބަދަހި ކުރަމުން ކަމަށާއި، އަދި ރަޝިއާއިން މިހާރު އުއްމީދު ކުރަނީ މި ގުޅުންތައް މުޅިން އާ އުސްމިނަކަށް ގެންދެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *