ބޭރުގެ އާގު ބޯޓެއް ރަސްފަރި، ފަރަށް އަރައިފި

ބޭރުގެ އާގު ބޯޓެއް ރަސްފަރި، ފަރަށް އަރައިފި

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2021 03:24
0

ކ. ރަސްފަރި ފަރަށް ކާގޯ ބޯޓެއް މިއަދު އަރައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާގު ބޯޓެއް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު 12:48 ހާއިރު ލިބިފައިވާ ކަމަށެވެ. ބޯޓު ފަރަށް އަރާފައިވާތީވެ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކޯސްޓުގާޑުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިފައިން ވިދާޅުވިއެވެ.

ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބޯޓާ ގުޅުންހުރި މައުލޫމާތުތައް ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

ފަރަށް އަރާފައިވަނީ ކާގޯ ބޯޓެއް ނަމަވެސް ބޯޓުގައި މާގިނަ މުދަލެއް ހުރި ކަމަކަށް ނުބެލެވެއެވެ. އެ ބޯޓަކީ ޕެނަމާއަށް ނިސްބަތްވާ 190 މީޓަރުގެ ބޯޓެކެވެ.

ރަސްފަރި ފަރަށް ކާގޯ ބޯޓެއް އެރި މައްސަލާގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.