ފޭކް ސްލިޕް ބޭނުންކޮށްގެން ޑައިވިންގ ޝޮޕަކުން 171،292 ރުފިޔާގެ ސާމާނު ގަނެފި

ފޭކް ސްލިޕް ބޭނުންކޮށްގެން ޑައިވިންގ ޝޮޕަކުން 171،292 ރުފިޔާގެ ސާމާނު ގަނެފި

Author
މުޙައްމަދު ޝަޒައިމް
19 އޮގަސްޓް 2021 12:45
0

ފޭކް ސްލިޕް ބޭނުންކޮށްގެން ޑައިވިންގ ޝޮޕަކުން 171،292 ރުފިޔާގެ ސާމާނު ގަނެފިއެވެ.

ފުލުހުން ބުނެފައިވަނީ ޑައިވް ޝޮޕަކަށް ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، ޑައިވް ކޮމްޕްރެޝަރަކާއި އެއާ ގުޅުންހުރި ތަކެތި ނަގާފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ހުށަހެޅުމާއެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެންވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައިވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓައެވެ. ސައްހަ ނޫން ސްލިޕް ފޮނުވައިގެން މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު އެ ފިހާރައިން ކޮށްފައިވާ ވިޔަފާރީގެ އަގު 171،292 ރުފިޔާއަށް އަރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ތަކެތި ހޯދުމުގައި ފިހާރައިގެ މުވައްޒަފުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ. މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.