ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް

އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން ވޯޓު ކަރުދާސްކޮޅުގަ އޮންނާނެ: މަހުލޫފު

އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން ވޯޓު ކަރުދާސްކޮޅުގަ އޮންނާނެ: މަހުލޫފު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ޝަރުތު ހަމަނުވާކަން ޕާޓިން ނިންމާފައިވާ ނިންމުން މުރާޖައާކޮށްދޭން އެދިވަޑައިގެންފިއެވެ.

އެޕާޓީން އިންތިޚާބުގައި ކުރިމަތިލާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝާރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައި ވާއިރު މަހުލޫފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާއި ސިޓީއަކުން ވަނީ އަންގާފައެވެ. އަކްރަމް ރޭ ވަނީ މި ޕާޓީގެ ނިންމުން މުރާޖާކޮށްދިނުމަށް އެދިފައެވެ.

މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އޭނާ ޝަރުތު ހަމަނުވާ ކަމަށް ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑަށްވެސް ބުނަން ޖެހިފަމިއޮތީ 2017ގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނަން ވޯޓު ކަރުދާސްކޮޅުގަ އޮންނާނެ."

– މަހްލޫފު

ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފާއި އަކްރަމް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މަހުލޫފުގެ މައްސަލައެއް އޭސީސީން ބަލަމުންދާތީ ކަމަށް މިސިޓީގައި ވަނީ އަންގާފައެވެ.

މަހުލޫފު އިއްޔެ ވިދާޅުވީ ޤާނޫނުން ލިބިދޭ ހައްގެއް ނިގުޅައި ނުގަނެވޭނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މަޖިލިސް މެންބަރުކަމުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށްވެސް ޝަރުތު ހަމަވާއިރު ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ޝަރުތު ހަމަނުވުން ދެކޮޅުނުޖެހޭ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ. އަދި އޭނާއަކީ އެމްޑީޕީގެ ވަޒީރަކަށްވެ ހުރެ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިންނަވައިގެން ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ޖާގަ ނުދިނުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށް މަހްލޫފު ވިދާޅުވިއެވެ. އަދި އޭނާގެ ހައްގު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *