ނަޝީދުގެ ފަރާތުން ތަހުގީގު ކުރިޔަށް ދާގޮތް ބެއްލެވުމަށް އައްޔަން ކޮށްފައިވާ މަންދޫބު، އިނގިރޭސިވިލާތުގެ ލޯޔަރު ކްރިސްޓީ ބރިމްލޯ

ނަޝީދުގެ ފަރާތުން، ތަހުގީގަށް ޚާއްސަ މަންދޫބަކު އައްޔަން ކޮށްފި

ނަޝީދުގެ ފަރާތުން، ތަހުގީގަށް ޚާއްސަ މަންދޫބަކު އައްޔަން ކޮށްފި

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

6 މޭގަ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުހީގުގައި އެމަނިކްފާނު ތަމްސީލުކޮށް، އަދި ތަހުގީގު ކުރިޔަށް ދާގޮތް ވިލަރެސްކުރުމަށްޓަކާ ޚާއްސަ މަންދޫބަކު އައްޔަން ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 6 މޭގެ ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ކުރިޔަށްދާ ތަހުގީގުގައި ނަޝީދު ތަމްސީލު ކުރުމުގެ ގޮތުންނާއި، އަދި ތަހުގީގު ކުރިޔަށްދާގޮތް ވަޒަން ކުރުމަށްޓަކާ އިގިރޭސިވިލާތުގެ ތަޖުރިބާ ކާރު ގާނޫނީ ވަކީލެއް ކަމުގައިވާ، ޑައުޓީ ސްޓްރީޓް ޗެމްބާސް ލަންޑަންގެ ކްރިސްޓީ ބްރިމްލޯ ހަމަޖައްސަވާފައިވާ ކަމުގައެވެ.

މަޖިލިހުން ނެރެފައިވާ ބަޔާނުގައި ވާގޮތުން ކްރިސްޓީ ބްރިމްލޯ އޭނާގެ ތަޖުރިބާގެ ބޭނުން ކޮށްގެން، ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމާލާގެ ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމާއި އަދި ރާއްޖެއާ ބައިނަލް އަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއި އަދި ގާނޫނީ ވަކީލުންނާއި ގުޅިގެން، ދިވެހިރާއްޖެއާއި އަދި ބައިނަލް އަގުވާމީ ގާނޫނުތަކުގެ ބޭނުންކޮށްގެން މިހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެހީތެރިކަން ފޯރުކޮށް ދޭނެއެވެ.

"ފުރިހަމަ ޑިމޮކްރަސީއަކަށް ފުރިހަމަޔަށް ހިގާ ޝަރުއީ ނިޒާމެއް ވަރަށް މުހިންމު. ހައްދުުފަހަނަ އަޅާފައިވާ ފިކުރުން ހިތްވަރު ލިބިގެން އަހަރެން މަރާލުމަށް ދިން މި ހަމަލާ ރާވާ ހިންގި އަދި މި ހަމަލާއަށް ފަންޑުކުރި މީހުން ހޯދާ އެމީހުން ހިފާ ހައްޔަރު ކުރުމުގައި ކްރިސްޓީ ބްރިމްލޯގެ ތަޖުރިބާ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ،" ނަޝީދު ވިދާޅުވެފައިވާ ކަމަށް މިބަޔާނުގައި ލިޔުއްވާފައި ވެއެވެ.

6 މޭގެ ޓަރެރިސްޓު ހަމަލާގެ ތަހުގީގަށް ނަޝީދުގެ ފާރާތުން ޚާއްސަ މަންދޫބަކު މިއަދު އައްޔަން ކުރެއްވިއިރު، ފުލުހުންވަނީ މިހަމަލާ ދިންމީހުން ހޯދާ، އެމީހުންގެ މައްސަލަތައް މިހާރުވަނީ ޝަރީއަތާ ހަމައަށްވެސް ގޮސްފައެވެ.

އަދި ފުލުހުން ވިދާޅުވެފައިވަނީ، މިހަމަލާއަށް ވަކި ބަޔަކު ފަންޑު ކޮށްފައިވާ ކަމެއް އަދި މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން ފާހަގަވެފައި ނުވާ ކަމުގައެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާ ކުރިޔަށް ދާގޮތް ވިލަރެސް ކުރުމަށް ރައީސް ސާލިހުގެ ފަރާތުންވެސް ވަނީ ޚާއްސަ މަންދޫބަކު އައްޔަން ކޮށްފައެވެ. އެމަނިކްފާނުގެ ފަރާތުން މިހަމަލާގެ ތަހުގީގަށް އައްޔަން ކޮށްފައިވަނީ  އައްބާސް ފާއިޒެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.