ގްލޯބަލް ސިޓިޒަން އެވޯޑު ނަޝީދަށް

ގްލޯބަލް ސިޓިޒަން އެވޯޑު ނަޝީދަށް

ގުޅުންހުރި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރުގެ ގްލޯބަލް ސިޓިޒަން އެވޯޑު ލިބިވަޑައިގެންފައިވާ ކަމަށް އިއުލާންކޮށްފިއެވެ. މި އެވޯޑު އެރުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ސިންގަޕޫރުގައި ކުރިއަށްދާ 18 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގެ ގާލާ ރިސެޕްޝަންގައެވެ.

ހެންލީ އެންޑް ޕާޓްނާސް އާއި އަންޑަން ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ދޭ މި އެވޯޑު ނަޝީދަށް ލިބިވަޑައިގެންފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނިއްޔަތަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް ޓަކައެވެ. އެ މަސައްކަތްޕުޅުތަކުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށް އެވޯޑު ދޭ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މި އެވޯޑާއެކު ނަޝީދަށް 20,000 ޑޮލަރުގެ ފައިސާގެ އިނާމަކާއި، ޚާއްސަ މެޑެއްޔަކާއި އަދި ސެޓްފިކެޓެއް ހަވާލުކުރެވިފައިވެއެވެ. އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ހަގީގީ ބަދަލެއް ގެނެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމުގައެވެ.

މިހާރު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ ނަޝީދު، މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި ދުނިޔޭގެ ސަމާލުކަން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ