ހިޔާގެ ދެ ޓަވަރަކަށް މިއަދު ކަރަންޓު ދޭނެ، ހުރިހާ ޓަވަރަކަށް މަދާމާ ކަރަންޓުދެވޭނެ: އެޗްޑީސީ

ހިޔާގެ ދެ ޓަވަރަކަށް މިއަދު ކަރަންޓު ދޭނެ، ހުރިހާ ޓަވަރަކަށް މަދާމާ ކަރަންޓުދެވޭނެ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކަށް މިއަދުން ފެށިގެން ދާއިމީ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއިއެކު ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން، ކޯޕަރޭޝަނުން ކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މިއަދުން ފެށިގެން ދާއިމީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމުގައި ދަންނަވަމެވެ.

ހަމައެހެންމެ، ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ، މާދަމާއަށް މި ޓަވަރުތަކަށްވެސް ދާއިމީ ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

ގިނަ ފަރާތްތަކުން ފުލެޓަށް ބަދަލުވުމުގެ އަމަލީ މަސައްކަތް ފަށާއިރު، މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓުތަކުގެ ތެރެއިން، 16 އެޕާރޓްމަންޓްގެ ޓަވަރެއްގައިވާ 3 ލިފްޓުން 2 ލިފްޓު އަދި 20 އެޕާރޓްމަންޓްގެ ޓަވަރެއްގައިވާ 4 ލިފްޓުން 3 ލިފްޓު ބޭނުން ކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުންވެސް، މުވައްޒަފުން ޓަވަރުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، މިކަމާއި ގުޅޭ އިރުޝާދުދެމުން ގެންދާނެކަމަށެވެ. މިމަސައްކަތަކީ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާތީވެ، ފަސޭހަކަމާއި އެކު ކުރިއަށް ގެންދެވެން އަންނަނީ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމުގައި އެޗްޑީސީންވަނީ ބުނެފައެވެ.

7000 ހައުސިންގ ޔުނިޓުގެ ގޮތުގައި ހިޔާ މަޝްރޫޢުގެ މަސައްކަތް ފެށިނަމަވެސް ކޮމާޝަލް ބޭނުންތަކަށް ޓަވަރުތަކުން ފްލޯރ ސްޕޭސް ކަނޑައެޅުމަށްފަހު ޔުނިޓްތަކުގެ ޢަދަދު ފަހުން ވަނީ 6720 ބަދަލުކޮށްފައެވެ. ހިޔާ ފްލެޓްތަކަށް ކުލީގެގޮތުގައި 7500 ރުފިޔާ އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000 އާއެކު ޖުމްލަ 8500 ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *