ފަހު ދައުރަށް ސަރުކާރުން 32 ބިލެއް މަޖިލީހަށް

ފަހު ދައުރަށް ސަރުކާރުން 32 ބިލެއް މަޖިލީހަށް

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2021 08:05
0

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރަށް ސަރުކާރުން 32 ބިލެއް ހުށަހަޅަން ނިންމައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 82 ވަނަ މާއްދާގެ ރ ގެ ދަށުުން މަޖިލީހަށް ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ފޮނުއްވާފައެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ގަސްތުކުރާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ހޯމަދުވަހު ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްތަކުގެ ތެރޭގައި ނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި އިގްތިސާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެކުރިން، އެ ދައުރަކަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ސަރުކާރުން މަޖިލީހަށް ފޮނުވަންވާނެކަމަށެވެ. އަދި އެލިސްޓު މެމްބަރުންނާއި ހިއްސާކުރަންވާނޭކަމަށްވެސް ގަވާއިދުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.