ޝިއުނާގެ މައްސަލަ މިނިވަން މުވައްސަސާ ކޮމިޓީއަށް

ޝިއުނާގެ މައްސަލަ މިނިވަން މުވައްސަސާ ކޮމިޓީއަށް

ގުޅުންހުރި

އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭފަދަ ޗެޓްލޮގްތަކެއް ލިބިފައި ވާކަމަށް ބުނެ، މިހާރުވެސް މަޤާމުން ސަސްޕެންޑަކޮށްފައިވާ ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ޝިއުނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށައަޅައިފިއެވެ.

ޝިއުނާގެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް އެވެ. އުޝާމް ވިދާޅުވީ މިނިސްޓަރ މަހުލޫފް ކުރައްވާފައިވާ ތުހުމަތަކީ ވަރަށް ސީރިއަސް ތުހުމަތެއް ކަމަށާއި އެހެންކަމުން މި މައްސަލައިގެ ހަގީގަތް ހޯދައި ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބެލުމަށް އެޖެންޑާ ކޮށްދިނުމަށް އެދިފައި ވާނޭކަމަށް އުޝާމް ވިދާޅުވިއެވެ.

ކްލަބް ހައުސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޚްލޫފް ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދިފާޢުގައި ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ.

މަހުލޫފް ވިދާޅުވީ، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދުގެ ޗެޓްލޮގްތަކެއް ލިބިވަޑައިގެންފައި ވާކަމަށެވެ. މަހުލޫފް ވިދާޅުވީ ޝަރީއަތަށް އޭނާގެ މައްސަލަ ގޮސްފިނަމަ އެ ވާހަކަތައް ހާމަކުރައްވާނެކަމަށާއި، އެއީ ދައުލަތް “އޮރިޔާން” ވާނެ ފަދަ ވަހަކަތަކެއްކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ނުކުރެވަރުގެ މައްސަލައަކަށް ވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްގެ މައްޗަށް ދެ ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވާފައިވެއެވެ. އެއީ މަަހްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒެޑްގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000 އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލައާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ޤާނޫނުލް އުޤޫބާތުގެ ދަށުން، ދައުވާކޮށްދިނުމަށް ފޮނުވާފައިވާ މައްސަލައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ