ދާންދޫގައި ހަށި ވިއްކާ ކަމުގެ މައްސަލާގައި 7 މީހަކު ހައްޔަރުކޮށްފި

ދާންދޫގައި ހަށި ވިއްކާ ކަމުގެ މައްސަލާގައި 7 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2021 02:04
0

ގއ.ދާންދޫގައި ހަށި ވިއްކަމުންދާ ކަމުގެ މައްސަލާގައި 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވަނީ ދާންދޫގައި ހަށި ވިއްކާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކޮށް 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުންގެ ބަލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި، 20 އަހަރުގެ ދިވެހި އަންހެނަކާއި، 24 އަހަރުގެ ދިވެހި އަންހެނަކާއި، 30 އަހަރުގެ ދިވެހި އަންހެނަކާއި، 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 އަހަރުގެ ބިދޭސީ ފިރިހެނަކާއި، 26 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ބިދޭސީ ފިރިހެއް ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.