ރޯމާއިން މިލާން މޮޅުވިޔަަނުދީ ހިފަހައްޓައިފި

ރޯމާއިން މިލާން މޮޅުވިޔަަނުދީ ހިފަހައްޓައިފި

Author
އިބްރާހީމް ސާޢިދު
27 އޮކްޓޯބަރ 2020 09:36
0

އިޓާލިއަން ސެރިއާގައި އޭސީ މިލާނާއި ރޯމް ވާދަކުރި މެޗު އެއްވަރުވެގެން ނިމި ލީގުގެ އެއްވަނައިގެ ފަރަގު ކުޑަވެއްޖެއެވެ. އަމިއްލަ ދަނޑުގައި މިލާނުން ކުޅުނު މެޗު އެއްވަރުވީ ރޯމާ އާއި ވާދަކޮށް 3-3 ލަނޑުންނެވެ.

ހަލަނޑު ފެނިގެން ދިޔަ މި މެޗު ފަށައިގެން ދެވަނަ މިނިޓުގައި ޒަލްޓަން އިބްރަހިމޮވިޗް ލަނޑެއް ޖަހައިވަނިކޮށް މިހާފްގެ 14 ވަނަ މިނިޓުގައި ރޯމާގެ އެޑިން ޒެކޯ ވަނީ ލަނޑެއްޖަހި ނަތިޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި ދެވަނަ ފަހަރަށް މިލާނުން ލީޑް ނެގީ 47 ވަނަ މިނިޓުގައި އެލަކްސީ ސަލްމައަކަރސް ކާމިޔާބުކުރި ލަނޑުންނެވެ. މިލަނޑާއެކު މިލާނުން ކުރީގައ އޮއްވައި 71 ވަނަ މިނިޓުގައި ރޯމާއަށް ލިބުނު ޕެނެލްޓީ ގޯލްގެތެރައަށް ވައްދައިލައިގެން ޖޯޑަން ވެރެޓްއައުޓް ނަތިޖާ ދެވަނަފަހަރަށް ހަމަހަމަ ކުރިއެވެ.

މިލާނުގެ ތިންވަނަ ލަނޑު 79 ވަނަ މިނިޓުގައި އިބްރަހިމޮވިޗް ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއެއް ގޯލްގެތެރެއަށް ވައްދައިލައިގެންނެވެ. މިލާނުން މިލަނޑުޖެހިތާ ފަސްމިނިޓުފަހުން ރޯމާގެ މަރާޝް ކުންބުލާ އަނެއްކާވެސް ރޯމާއަށް ނަތިޖާ ހަމަހަމަ ކޮށްދިނެވެ. މިމެޗުގައި މިލާނުން 2 ލަނޑުޖެހި އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި މިލާނަށް ކުޅުނު ފަސްމެޗުގައި 6 ލަނޑުޖަހާފައެވެ. މިއީ މިލާން ލީގުގައި އެއްވަރުވި ފުރަތަމަ މެޗެވެ.

މި ނަތީޖާއެކު ލީގުގެ އެއްވަނާގައި މިލާން އޮތީ ދެވަނާގައިވާ ނަޕޯލީއަށް ވުރެ ދެ ޕޮއިންޓު އިތުރަށް ހޯދައިގެން 13 ޕޮއިންޓާއެކުއެވެ. ރޯމާ އޮތީ 8 ޕޮއިންޓާއެކު 9 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.