އިނގިރޭސި ވިލާތުގައި ދިރިއުޅެމުންދާ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ އާއި ކައިވެނި ކުރިފަހުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު ދިރިއުޅުން ވަނީ އިނގިރޭސިވިލާތަށް ބަދަލުކޮށްފައެވެ. ފިރިމީހާއާ އެކުގައި ނޮޓަން ހިލްގައި މުއްސަނދި ދިރިއުޅުމެއް އުޅެމުން އަންނަ ސޯނަމް ވަނީ އެގައުމުގެ ރަށްވެހިކަން ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ބޮލީވުޑްގެ ފިލްމް ތަކުން ސޯނަމް ފެންނަލެއް މިހާރުވަނީ ވަރަށް މަދުވެފައެވެ. އޭނާ އަންނަނީ "ލައިފް އިން ދަ ޔޫކޭ ޓެސްޓް"ގައި ބައިވެރިވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުނެވެ. އެގޮތުން އޭނާ މިހާރު މި ކަމަށް ތައްޔާރުވުމުގެ ގޮތުން ކިޔަވަމުން ގެންދާތާ މިހާރު ހަފްތާއެއް ވެދާނެކަމަށް ވޯގް މެގަޒިނަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައިއެވެ.
މި ޓެސްޓުން އެންމެ ދައްވެގެން 75 އިންސައްތައިން ފާސްވާން ޖެހެއެވެ. މި ޓެސްޓުން ފާސްވެއްޖެ ނަމަ ބްރިޓިޝް ސިޓިޒަންޝިޕް ސޯނަމް އަށް ލިބޭނެއެވެ.
ސޯނަމް އިތުރަށް ވާހަކަ ދައަމުން ބުނެފައިވަނީ މިދިޔަ ޑިސެމްބަރުގައި އޭނާ ކޯވިޑަށް ޕޮޒިޓިވް ވިކަމަށާއި މިހާރު ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ބުނެފައެވެ.
ސޯނަމް އާއި އާނަންދު ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އާނަންދަކީ ވިޔަފާރިވެރިއެކެވެ. އޭނާ އަކީ ފެޝަން ބްރޭންޑް "ބަނީ"ގެ އޯނަރެވެ. މި ދެމީހުން އެކުގައި މި ބްރޭންޑް އިޝްތިހާރުކުރުމުގައި ފެނިގެން ގޮސްފައިވެއެވެ.
ސޯނަމް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރުގެ "ޒޯޔާ ފެކްޓާ" އިންނެވެ.
One Response
މިކޮޅުން ވެސް ހުންނާނެ ސޮރަކު ފޮނުވާފަ . ސޯނަމް އޭނާގެ ކަންތަށް ރަނގަޅަށް ބަލަހަޢްޓާތި . ޢެއި ވަރަށް ބިރުން އުޅޭ ސޮރެއް. ޢެ ސޮރު މި ކޮޅަށް ފޮނުވާ 2025 ހާތާ . ކޮންމެހެން އަންނަން ނޫޅެން ޔާ ގަދަކަމުއް ފޮނުވަން ނޫޅޭތި ކޮންމެސް.