ރެފިއުޖީ ކޭމްޕުގައި ރެފިއުޖީން ވެކްސިން ޖެހުމަށް ސަފު ހަދާލައިގެން

ރޮހިންގޔާ މުސްލިމުންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފި

ރޮހިންގޔާ މުސްލިމުންނަށް ކޯވިޑް ވެކްސިން ދޭން ފަށައިފި

ގުޅުންހުރި

މިހާރު ދުނިޔޭގައިވާ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމުގައިވާ، މިޔަންމާގެ ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުންދާ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭމުންދާ ރެފިއުޖީންނަށް ބަންގްލަދޭޝްގެ ސަރުކާރުން ކޯވިޑް19 ވެކްސިން ދޭން ފަށައިފިއެވެ.

ރޮހިނގްޔާ ދަރިކޮޅުގެ މުސްލިމުންނަށް ބަންގްލަދޭޝްގެ ސަރުކާރުން ވެކްސިން ދޭން ފަށާފައިވާއިރު، ބަންގްލާދޭޝްގައިވެސް ދަނީ ކޯވިޑް19ގެ ހާލަތު ގޯސްވަމުންނެވެ.

ބަންގްލާދެޝްގެ ބޯޑަރު ކައިރީގައި އޮންނަ އަވަށެއް ކަމުގައިވާ ކޯއެކްސް ބާޒާރުގައި ދިރިއުޅެމުންދާ މިލިއަނެއްހާ، ރޮހިންގްޔާ މުސްލިމް ރެފިއުޖީންގެ މެދުގައި ކޯވިޑް އައުޓް ބެރޭކްއެއް އަތުވެއްޖެނަމަ، އެކަން އިންސާނީ ބޮޑު ކާރިސާއަކަށް ބަދަލުވެގެން ހިގައިދާނެކަމުގެ އިންޒާރު މިހާރުވެސް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނީ ދީފައެވެ.

ކޯއެކްސް ބާޒާރުގައި ދިރިއުޅެމުންދާ މިލިއަނަކަށްވުރެ ގިނަ ރެފިއުޖީންނަކީ، މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ މުސްލިމް ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ބޮޑެތި ޖަރީމާތަކުން ސަލާމަތްވުމަށް މިސަރަހައްދަށް ހިޖުރަ ކޮށްފައިވާ މީހުންނެވެ.

ކޯއެކްސް ބާޒާރު ޑިސްޓްރިކްޓްގެ ޗީފް ހެލްތު އޮފިޝަލް މަހުބޫބޫރު ރަހުމާން ވިދާޅުވި ގޮތުގައި މިހަފްތާގެ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު އުމުރުން 55 އަހަރުން މަތީގެ ރޮހިންގޔާ މުސްލިމުންގެ 48،000 މީހުންނަށް ޔޫއެން އޭޖެންސީތަކުގެ އެހީތެރިކަމާއެކު ވެކްސިން ދެވޭނެއެވެ.

"މިއީ އަދި ފެށުމެއް. ފޭސްތަކަކަށް ބަހާލައިގެން، ރޮހިންގްޔާ ދަރިކޮޅުގެ ހުރިހާ އެންމެންނަށްވެސް ވެކްސިން ދެވޭނެ،" ރެފިއުޖީ ކޭމްޕުގައި ހުރި ވެކްސިން ސެންޓަރެއްގައި ހުންނަވާ، ފޯނުން ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ރަހުމާން ވިދާޅުވެފައި ވެއެވެ.

މި ރެފިއުޖީ ކޭމްޕްގައި ފަހަކަށް އައިސްވަނީ ކޯވިޑް ފެތުރެމުންދާ އަދަދު އިތުރުވާން ފަށާފައެވެ. އަދި ކޯވިޑް ކާރިސާ ފެށުނުފަހުން، މި ކޭމްޕްގައި 20،000 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، 200 މީހަކުވަނީ ބަލީގައި މަރުވެފައެވެ.

މިއާއި ޚިލާފަށް، މިޔަންމާގެ ރަޚިން ސްޓޭޓުން ބުނެފައިވަނީ، އެ ސްޓޭޓުގައި ދިރިއުޅެމުންދާ ރޮހިންގްޔާ ދަރިކޮޅުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް އަދި ހަމަޖެހިފައި ނުވާކަމުގައެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި، ބަންގލަދޭޝަގައި ވަނީ، ކޯވިޑްޖެހޭ މީހުންގެ އަދަދު އިތުރުވެ، އަދި މިހުން މަރުވާ ނިސްބަތްވެސް މައްޗަށް ގޮސްފައެވެ. މިގޮތުން މިހާތަނަށް ބަންގްލަދޭޝަގްއި 1.36 މިލިއަން މީހުން ކޯވިޑަށް ޕޮޒިޓިވްވެ 22,897 މީހުންވަނީ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މާތް ﷲ ރޮހިޏާ މުސްލިމުން ކޮވިޑުން ސަލާމަތް ކުރައްވާ އެބައި މީހުން ދިރިއުޅޭނެ މިނިވަން ބިމެއް ދެއްވާ އަމާންކަން ދެއްވާ ފާފަފުއްސަވާ ދެއްވާދޭވެ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ