އޮފިސަރުން ވަކިކުރަން ނިންމި ނިންމުން 241 ކޮމެޓީއަށް ހުށަހަޅަނީ

އޮފިސަރުން ވަކިކުރަން ނިންމި ނިންމުން 241 ކޮމެޓީއަށް ހުށަހަޅަނީ

Author
މުޙައްމަދު ޝަޒައިމް
10 އޮގަސްޓް 2021 04:06
0

ފުލުހުންގެ އިސް ގިނަ އޮފިޝަލުންތަކެއް ފުލުހުންގެ ޚިދުމަތުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމެވުމާއި ގުޅިގެން އެކަން ރައްޔިތުންގެ މަޖިލީހު ސަލާމަތީ ޚިދުމަތްތަކައި ބެހޭ ކޮމެޓީ (241) ކޮމެޓީއަށް ހުށަހެޅުމަށް ދަނގެތި ދައިރާގެ މެމްބަރު މުހައްމަދު ނާޒިމް ނިންމައިފިއެވެ.

ފުލުހުންގެ އިސް 7 އޮފިޝަލަކު ވަކިކުރުމަށް ނިންމަވާފައިވާކަން ޕޮލިސް ބޯޑުން ހާމަކުރެއްވީ ރޭ ދަންވަރުއެވެ. ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނު ބުނާގޮތުން ޕޮލިސް ބޯޑުގެ ނިންމެވުން ތަންފީޒްކުރެއްވޭނީ ކޮމިޝަނަރ އޮފް ޕޮލިސްއަށެވެ.

މިކަމާއި ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަ ގޮތުގައި ކުރިކަމެއްތޯ ކަށަވަރު ކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަށް ހުށަހަޅަން ނިންމައިފައިވާކަމަށެވެ. މިމައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ފުލުހުންގެ މުއައްސަސާގެ ގިނަ ދުވަސްވީ ތަޖުރިބާހުރި ބޭފުޅުން ވަޒީފާއިން ވަކު ކުރުމަށް ކުއްލިއަކަށް ނިންމި ނިނުމަކީ ބަލައިގެނެވޭނެ ނިންމުމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ފުލުހުންގެ އިސް ގިނަ އޮފިޝަލުންތަކެއް ފުލުހުންގެ ޚިދުމަތުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމެވުމާއި ގުޅިގެން އެކަން ދިރާސާކުރައްވަމުން ގެންދަވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ވިދާޅުވެފައެވެ.

ސީޕީ ޙަމީދު މިހެން ވިދާޅުވެފައިވާއރު،ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަން ހަމަޖެހިފައި ވަނީ:

– ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

– އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ

– ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

– އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު

– އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު

– ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް

– ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.