ރާއްޖޭގެ މިނިވަންކަން ހިފަހައްޓަވާނެ ދެލީޑަރުންނަކީ އަޅުގަނޑާއި، ޔާމީން: އުމަރު

ރާއްޖޭގެ މިނިވަންކަން ހިފަހައްޓަވާނެ ދެލީޑަރުންނަކީ އަޅުގަނޑާއި، ޔާމީން: އުމަރު

ރާއްޖޭގެ މިނިވަންކަމަށް ޖާގަނުދީ، މިނިވަންކަން ދަމަހައްޓަވާނެ ހަމައެކަނި ސިޔާސީ ދެ ލީޑަރުންނަކީ، އުމަރު ނަސީރާއި ކުރީގެ ރައީސް ޔާމީން ކަމުގައި، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ރޭ ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާއަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް އަދި ތާއީދު ކުރައްވާ ބޭފުޅެއްވެސް ނޫންކަމަށެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އޮތް ލީޑަރުންނަށް މިހާރު ތިއްބެވި ބޭފުޅުންނަށް ބަލާއިރު އޮތް ހަމައެކަނި ދެލީޑަރުންނަކީ، އޭނާއައި ރައީސް ޔާމީންކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީނަކީވެސް އަދި މިހާރު ސިޔާސީ މަސްރަހުން ރިޔާސީ އިންތިޚާބަށް ކަމަރު ބަންނަމުންދާ ލީޑަރުންނަކީވެސް ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކަމަށެވެ. ވެރިކަމުގައި ކަންކަން ކޮށްފައިވާ ގޮތާއި، މިހާތަނަށް ކުރައްވާފައިވާ ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ މިނިވަންކަން ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ލީޑަރުންނަށް ނެތްކަމަށެވެ. ޚާއްސަކޮށް މިހާރުވެރިކަމުގައި އޮތް ކޯލިޝަނަކީ އިންޑިއާގެ ފައިބުޑަށް ވެއްޓި، މުޅި ސަރުކާރު އިންޑިއާގެ އައްދަށުވެފައިވާ ބައެއްކަމަށެވެ.

ނަމަވެސް ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެކަން ދިފާއު ކުރެއްވިކަމަށެވެ. ޔާމީންއާއި ގުޅޭގޮތުން އުމަރު ވިދާޅުވީ ޔާމީންއަށް އެހެން އެއްވެސް ކަމެއްގައި އިތުބާރު ނުކުރެއްވިޔަސް ރާއްޖޭގެ މިނިވަންކަން ހިފެހެއްޓެވުމުގައި އެމަނިކުފާނަށް އިތުބާރު އޮތްކަމަށެވެ. އުމަރު ވިދާޅުވީ އެނާ ރައީސް ޔާމީނަށް މިކަމުގައި އިތުބާތު ކުރިނަމަވެސް ރިޔާސީ އިންތިޚާބުގައި ޔާމީނަށް ތާއީދު ނުކުރާނެކަމަށެވެ.

އެންމެ ބޮޑު ސަބަބަކީ އެއްވެސް ސިޔާސީ މީހެއްގެ ފަހަތަށް އެރުމަކީ މިހާރު ގަބޫލު ކުރާކަމެއް ނޫންކަމަށާއި، މިފަހަރަކީ އޭނާގެ ފަހަރުކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ރައްޔިތުންވެސް ބޭނުންވަނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓާނެ ތެދުވެރި ލީޑަރެއްކަމަށާއި، އެމީހަކީ އޭނާކަމަށް އުމަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *