އެކި ކަންކަމުގައި ތަފާތު އެކި ސްފްޓްވެއާ ހެއްދެވި ކަމުގައި ވީނަމަވެސް ވެރިކަން ހިންގުމަށް ސޮފްޓްވެއާ އެއް ނުހެއްދެވޭނެ ކަމަށްބުނެ އަލްހާންގެ ސުވާލެއް ޕްރޮފެސަރ ހަސަން އުގައިލްއަށް ކުރިމަތި ކުރައްވައިފިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވަން އުޅުއްވާކަމުގެ އަޑުތައް ފެތުރުނު އުގައިލް ވިދާޅުވެފައިވަނީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށެވެ. ހާއްސަކޮށް، ސިޔާސީ މަސްރަހުގައި ބަދަލުތަކެއް ފެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާއިރު، އެ ބަދަލުތައް ވަރަށް މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އުގައިލް ވެރިކަމަށް އައުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވި ހިސާބުން ބައެއް ސިޔާސީ ބޭފުޅުން ގެންދަވަނީ އުގައިލްއަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ވިދާޅުވީ ދޮގު ހެދިތޯ ބަލާ ކޮމްޕިއުޓަރ ސޮފްޓެއަރ އެއް ހެދިޔަކަސް، ވެރިކަން ހިންގުމަށްޓަކައި ކޮމްޕިއުޓަރ ސޮފްޓްވެއާ އެއް ހެދުމަކީ ކުރެވޭނެ ކަމެއްނޫންކަަށެވެ.
ދޮގު ހެދިތޯ ބަލާ ކޮމްޕިއުޓަރ ސޮފްޓެއަރ އެއް ހެދިޔަކަސް، ވެރިކަން ހިންގަން ސޮފްޓްވެއަރ އެއް ނުހެދޭނެ ދެއްތޯ؟
– އަލްހާން ވިދާޅުވިއެވެ.
ދޮގު ހެދިތޯ ބަލާ ކޮމްޕިއުޓަރ ސޮފްޓެއަރ އެއް ހެދިޔަކަސް ، ވެރިކަން ހިންގަން ސޮފްޓްވެއަރ އެއް ނުހެދޭނެ ދެއްތޯ؟ @ugail ޕްރޮފެސަރ؟
— ????? ????? – ?? (@AlhanFahmy) August 9, 2021
އުގައިލް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދޭނީ ސިޔާސީ މަގުން ކަމަށާއި ސިޔާސީ ދާއިރާއަށް އިލްމީ ގާބިލް މީހުން ނުކުންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން ބޭނުންވާނަމަ، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާން ތައްޔާރަށް ހުންނެވިކަމަށާއި ސިޔާސީ މަސައްކަތް ކުރުމަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ. އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ޕްރޮފެސަރު އުގައިލް ދިރިއުޅުއްވަނީ އެގައުމުގައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހާއި އެހެނިހެން ދާއިރާތަކުން ހިނގާ ގިނަކަންކަމުގައި އޭނާ ގެންދަވަނީ ސޯޝަލްމީޑިއާގައި ވަރަށް ފާޅުކަންބޮޑުކޮށް ހިޔާލު ފާޅުކުރައްވަމުންނެވެ.
One Response
ހީހީހީ، ތިބާގެ ފެންވަރު ހަނދުމަކޮށް ތޮޅެން އުޅޭނީ އެއްވަރު މީހުނާ،،