އޯޒޯން ލައިފް މާދޫ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް، ބަޔަކު ފިހިގެން މާލެ ގެނެސްފި

އޯޒޯން ލައިފް މާދޫ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް، ބަޔަކު ފިހިގެން މާލެ ގެނެސްފި

Author
ޢަލީ އާދަމް
09 އޮގަސްޓް 2021 08:48
0

އޯޒޯން ލައިފް މާދޫ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބަޔަކު ފިހިގެން ފަރުވާއަށް މާލެ ގެނެސްފިއެވެ.

ނަމަވެސް ހާދިސާގައި އަނިޔާވީ ކިތައް މީހުނަށް ކަމެއް ނުވަތަ ވީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއްނުވެއެވެ. ނަމަވެސް އަނިޔާވީ ބައެއް މީހުން މާލެގެނެސް އެމްބިއުލާންސަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯ އަދި އެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު އެވީޑިއޯއިން 2 މީހުނަށްވުރެ ގިނަ ބަޔަކު އެމްބިއުލާންސައް އަރުވާ މަންޒަރު ފެނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ ޕެޓްރޯލް ފީފާއެއްގައި އަލިފާން ރޯވެގެން ކަމަށެވެ. އަދި ރިސޯޓުގެ މުވައްޒަފުން އަލިފާން ކޮންޓްރޯލްކޮށްފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވެގެން 4 މީހަކު މާލެ ފޮނުވާލާފައި ވާކަމަށް ރިސޯޓުން މައުލޫމާތު ދީފައި ވާކަމަށެވެ. އަނިޔާވީ މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 3 ބިދޭސީން ކަމަށްވެސް އެމްއެމްޑީއެފުން ބުނެއެވެ. 3 ބިދޭސީންނަކީ ރިސޯޓުގެ މުވައްޒަފުންނެވެ އަދި ދިވެހި މީހާއަކީ ފިއުލް ސަޕްލައިގެ މުވައްޒަފެކެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައި ވަނީ 19:13ގައި ކަމަށާއި ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓު 20:37 ގައި ލިބިފައި ވާކަމަށެވެ. އަދި މި ހާދިސާގެ ތަފްސީލް ރިސޯޓުގެ ފަރާތުން ފުލުހުންނާއި ހިއްސާކޮށްފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.