2023ގައި ރިޔާސީ އިންތިޚާބަށް ނުކުންނަން އުގައިލް ތައްޔާރު!

2023ގައި ރިޔާސީ އިންތިޚާބަށް ނުކުންނަން އުގައިލް ތައްޔާރު!

Author
ޢަލީ އާދަމް
08 އޮގަސްޓް 2021 05:45
0

2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ތައްޔާރަށް ނުންނެވިކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވަން އުޅުއްވާކަމުގެ އަޑުތައް ފެތުރުނު އުގައިލް "މިހާރު" އާއި ވާހަކަދައްކަމުން ވިދާޅުވީ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށެވެ. ހާއްސަކޮށް، ސިޔާސީ މަސްރަހުގައި ބަދަލުތަކެއް ފެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާއިރު، އެ ބަދަލުތައް ވަރަށް މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަުން ރާއްޖޭގައި މިވަގުތު ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދޭނީ ސިޔާސީ މަގުން ކަމަށާއި ސިޔާސީ ދާއިރާއަށް އިލްމީ ގާބިލް މީހުން ނުކުންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވާނަމަ، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާން ތައްޔާރަށް ހުންނެވިކަމަށާއި ސިޔާސީ މަސައްކަތް ކުރުމަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް އުގައިލު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ޕްރޮފެސަރު އުގައިލް ދިރިއުޅުއްވަނީ އެގައުމުގައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހާއި އެހެނިހެން ދާއިރާތަކުން ހިނގާ ގިނަކަންކަމުގައި އޭނާ ގެންދަވަނީ ސޯޝަލްމީޑިއާގައި ވަރަށް ފާޅުކަންބޮޑުކޮށް ހިޔާލު ފާޅުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.