ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 އިންސައްތަ މަސައްކަތް ނިންމައި، މަޝްރޫޢުގެ މަސައްކަތް ނިނުމަކާއި ގާތަށް ގޮސްފިއެވެ.
އެމްޓީސީސީން މިއަދު އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 ޕަސެންޓް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 97 ޕަސެންޓާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
Work on Design and Build of Hdh. Nellaidhoo Harbour is well underway, with overall 83% project progress. The construction of quay wall and installation of harbor pavement are currently ongoing, with 97% and 96% completion respectively.#MTCCProjects pic.twitter.com/KsYnGP1L2p
— MTCC Plc (@MTCCPlc) August 8, 2021
މި މަޝްރޫޢުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2،102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
ނެއްލައިދޫގެ ކުރީގެ ބަނދަރަކީ ދޭތެރެ ދޭތެރެއިން ވެލި އަރައި ތިލަވެ ފަޅު ގެ ވަކި ހިސާބެއް ބޭނުން ނުކުރެވޭ ވަރު ވާ ބަނދަރެކެވެ. 2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި އެ ބަނދަރަކީ 400 ފޫޓު ދިގު 200 ފޫޓް ފުޅާ ބަނދަރެކެވެ.