ބަރަހަނާ ހާލުގައި މަގުމައްޗަށް ނިކުތް މީހާގެ ހާލަތު ދެނެގަތުމަށް އައިޖީއެމްއެޗަށް

ބަރަހަނާ ހާލުގައި މަގުމައްޗަށް ނިކުތް މީހާގެ ހާލަތު ދެނެގަތުމަށް އައިޖީއެމްއެޗަށް

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2021 04:19
0

މީގެ ކުރިންވެސް ބަރަހަނާ ހާލުގައި މަގުމަށްޗަށް ނިކުމެ އުޅުނު މީހާ މިއަދުވެސް ބަރަހަނާ ހާލުގައި މަގުމަތީ އުޅެނިކޮށް، އޭނާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބަރަހަނާ ހާލުގައި އުޅެނިކޮށް މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފިރިހެނަކު ދޫކޮށްލުމުން އަނެއްކާ ވެސް ބަރަހަނާކޮށް ހުރެ މިއަދު ހެނދުނު އެ މީހާ ވަނީ ބަރަހަނާ ހާލުގައި ހުރެ މާލޭ މަޖީދީ މަގުން ހިނގާފައި ގޮސް ގޯޅިއަކަށް ލަބާލާ މަންޒަރު ގިނަ ބަޔަކަށް ފެނިފައި ވެއެވެ. އެހެން ނަމަވެސް އޭނާ ހުއްޓުވަން އެއްވެސް މީހަކު މަސައްކަތްކޮށްފައެއް ނުވެއެވެ. އޭނާ ގޮސް ވަނީ ގެއަށް ކަމަށް ބެލެވެއެވެ.

އެ މީހާ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފުރަތަމަ ގެންދިޔައީ ލޮނުޒިޔާރަތް މަގުގައި ހުންނަ މާ ވިއްކާ ފިހާރައެއްގެ ޕޭވްމަންޓް މަތީގައި ބަރަހަނާ ހާލުގައި އޮއްވަ އެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭރު ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަަލައާ ގުޅިގެން އޭނާގެ ހާލަތު ދެނެގަތުމާއި، އިތުރަށް ބަލަން ޖެހޭ އެހެނިހެން ކަންކަން ބެލުމަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.