ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުންނަށް ހެލްތު މިނިސްޓަރަކަށް ނުދިނީ ހަމަ ކިރިޔާ ކަމުގައި ކާށިދޫ ދައިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް މަރުހަބާ ވިދާޅުވެ ޖާބިރު ވިދާޅުވީ ނަސީމަަކީ ކޯވިޑް19 ގެ ވެކްސިން ކަމަށެވެ. ނަސީމަށް މިނިސްޓަރުގެ މަޤާމު ލިބުނީ ވަރަށް އުދަނގޫ މަރުހަލާއެއްގެ ތެރެއިން ކަމަށާއި، މި މަސައްކަތުގެ ތެރޭގައި ޤާސިމްގެ އަނބިކަނބަލުންނަށް މިނިސްޓަރުކަން ނުދިނީ ހަމަ ކިޔާކަމަށް ޖާބިރު ވިދާޅުވިއެވެ.
ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީން 3 ނަމެއް މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. ނަމަވެސް ރައީސް ޞާލިހުވަނީ އެނަންތައް ޤަބޫލު ނުކުރައްވައި މިނިސްޓަރުގެ މަޤާމް ނަސީމަށް ދެއްވަފައެވެ. މިމައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ޚާއްސަކޮށް މިނިންމުމަކީ ވެރިކަން ކުރަމުންދާ ކޯލިޝަންގެ ނިމުންކަމަށް ބައެއް ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ