ކޯވިޑް19 ވެކްސިން ނުޖަހާ މަސައްކަތު ނިކުމެގެން ކުނފުނީގެ ޕޮލިސީއާއި ޚިލާފްވި 3 މުވައްޒިފަކު ސީއެންއެންއިން ވަޒީފާއިން ވަކިކޮށްފިއެވެ.
މުވައްޒިފުން ވަޒީފާއިން ވަކި ކުރުމާގުޅޭގޮތުން ބުރާސްފަތި ދުވަހު މުވައްޒިފުންނަށް ފޮނުވި މެމޯއެއްގައި ސީއެންއެންގެ ޗީފް ޖެފް ޒުކަރ ފޮނުވި މެމޯއެއްގައި ވަނީ، މަސައްކަތު ނިކުންނަނަމަ، ނުވަތަ އެހެން ތަންތަނުގައިވެސް، މަސައްކަތާ ގުޅޭކަންކަމުގައި އެހެނިހެން މީހުންނާ ގައިގޯޅިވެ އުޅެން ޖެހޭނަމަ، ވެކްސިން ފުރިހަމަކޮށްފައި ތިބުމަކީ މަޖުބޫރު ކަމެއްކަން ހަދާން ކޮށްދީފައެވެ،
"އަހަރެން ހަނދާން ކޮށްދެން — މި ސިޔާސަތާ ގުޅޭގޮތުން އަހަރެމެން ގެންގުޅޭނީ ޒީރޯ ޓޮލެރެންސް،" ނިއުސް އެންޑް ސްޕޯޓްސްއަށް ޚާއްސަ، ނުފޫޒުގަދަ މީޑީއާގެ ޗެއަރމަން ޒުކަރ ލިޔެފައި ވެއެވެ.
މުވައްޒަފުންނަށް ޒުކަރ ފޮނުވި މި މެމޯގައި ހުރިހަ ވާހަކަތައް އެންމެ ފުރަނަމަ ސީއެންއެންގެ މީޑީއާ ރިޕޯޓަރ އޮލިވަރ ޑާސީ ޓުވީޓް ކޮށްފައިވަނިކޮށް، މި މެމޯވަނީ އެސޯސިއޭޓް ޕްރެސްއަށްވެސް ލިބިފައެވެ. މުވައްޒިފުން ވަޒީފާއިން ވަކި ކުރުމާ ގުޅޭގޮތުން ސީއެންއެންއިން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. އަދި މި އީ ކޮން މަސައްކަތެއް ކުރަމުން ދިޔަ މުވައްޒިފުންތަކެއް ކަންވެސް ހާމަކޮށްފައެއް ނުވެއެވެ.
ޒުކަރ ވިދާޅުވެފައިވާ ގޮތުގައި، ސީއެންއެންގެ އޮފީތައް މިހާރު ހުުޅުވާފައި ހުންނަނީ، މުވައްޒިފުން އަމިއްލައަށް ބޭނުން ވުމުން ވަޒީފާއަށް ނިކުންނަށް ގޮތަށް ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، ޚަބަރާއި ގުޅޭ މުވައްޒިފުންގެ ތިންބައި ކުޅަ އެއްބަޔަށްވުރެ ގިނަ މުވައްޒިފުން މިހާރު އަމިއްލައަށް ބޭނުންވެގެން މަސައްކަތް ނިކުމެފައިވާ ކަމަށެވެ. އަދި ވެކްސިން ޖަހާފައިވާ ކަމުގެ ހެކި އަމިއްލައަށް ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ސީއެންއެންއިން ބުނެފައިވަނީ، އެމެރިކާގެ އެޓްލާންޓާ، ވޮޝިންގޓަން އަދި ލޮސް އެންޖަލްސްގެ ގައި ހުންނަ އޮފީސްތަކުގައި މަސައްކަތް ކުރާ މުވަޒިފުން، ކާ ވަގުތުތަކުގައާއި، ބުއިންތައް ބޯވަގުތުގައާއި އަދި ވަކިން ހުންނަ ޖަގަހަ ތަކުގައި ތިބޭ ވަގުތުތަކުގައި ފިޔަވާ އެހެން ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުމަކީ މުވަޒިފުންނަށް މަޖުބޫރު ކަމެއްކަމުގައެވެ.