ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މޮޅު ކުޅުމެއްދެއްކި އެސްޓަން ވިލާ އަދި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ހޯދުމަށް މެންޗެސްޓަރ ސިޓީން 139 މިލިއަން ޑޮލަރު ހުށައަޅާފައިވާކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގްރީލިޝް ހޯދުމަށް މިދިޔަ އަހަރު އެ ޓީމުގެ މެނޭޖުމަންޓުގައި އެދެފައެވެ. އެއާއެކު ގްރީލިޝް ގަތުމުގެ މަސައްކަތް ސިޓީން ފެށިއިރު، ހޮނިހިރު ދުވަހުގެ ވަގުތެއްގައި ސިޓީން 139 މިލިޔަން ޕައުންޑް ހުށަހަޅާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދަން މަސައްކަތް ކުރާ ފަހަރެވެ.
މިހާތަނަށް އެންމެ ބޮޑު އަދަދެއް ކުޅުންތެރިއަކު ގަތުމަށް ޕްރިމިއަރ ލީގްގެ ކުލަބަކުން ޚަރަދުކޮށްފައިވަނީ މެންޗެންސްޓަރ ޔުނައިޓަޑްއެވެ. އެއީ 2016ވަނަ އަހަރު ޔުވެންޓަސްއިން ޕޯލް ޕޮޖްބާ ގަތުމަށް ޚަރަދު ކުރި 124 މިލިއަން ޑޮލަރެވެ. ރިކޯޑަކަށް ގްރީލިޝް ގަތުމަށް ސިޓީން 139 މިލިއަން ޑޮލަރު މިދިޔަ ހުކުރު ދުވަހު އެސްޓަން ވިލާއަށް ހުށައަޅާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވަނީ ގްރީލިޝް ބޭނުންވާކަމަށް ބުނެފައެވެ. އަދި ޗުއްޓީ ހޭދަ ކުރުމަށްފަހު ގްރީލިޝް އެސްޓަން ވިލާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއްް ކުރިންނެވެ.
މި ޓްރާންސްފާގައި ގްރީލިޝް ސިޓީއަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވިލާގެ އެއްބެސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ. އެހެންކަމުން ގްރީލިޝްގެ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.
ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީލިޝް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދާފައެވެ. އެސްޓަން ވިލާއަށް މިހާތަނަށް 213 މެޗު ކުޅެދީފައިވާ ގްރީލިޝްވަނީ އެޓީމަށް 32 ގޯލު ޖަހާދީފައެވެ.