ވައްޑޭ "މަރަން" ގޮވަލި ޓީޗަރު ވަޒީފައިން ވަކިކޮށްފި

ވައްޑޭ "މަރަން" ގޮވަލި ޓީޗަރު ވަޒީފައިން ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 އޮގަސްޓް 2021 11:51
0

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އަށް މަރުގެ އިންޒާރު ދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފިއެވެ.

ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް މަރުގެ އިންޒާރު ދީފައިވާ ޕޯސްޓެއް ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް ވަނީ ފަހުން ޑިލީޓްކޮށްފައެވެ. އޭނާގެ ޕޯސްޓްގައި ބުނެފައިވަނީ ވަހީދު ތައުބާ ނުވެއްޖެނަމަ އޭނާ މަރަން ޖެހޭނެ ކަމަށެވެ. އަޝްރަފްގެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައުމާއެކު އެ މައްސަލަ ބަލަން ފަށައިފައެވެ. އަދި މިއަހަރުގެ މޭމަހުގެ 9 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހަށް އޭނާ ސަސްޕެންޑްވެސް ކޮށްފައިވެއެވެ.

އަޝްފަރް ވަޒީފާއިން ވަކިކުރި ސީދާ ތާރީހެއް ނޭގުނު ނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވަހީދު ވަނީ މަރަަށް މަރު ހިފުމަކީ ވަރަށް "ސިކު" ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ވަހީދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ވަހީދަށް އެކި އެކި އިންޒާރު ލިބެމުންދާތީ އެމްޑީޕީން މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުނަށް މަރުގެ އިންޒާރު ދިނުމަކީ ބޮޑު ކުށެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.