ފާތިހަށް ދަޢުވާނުކުރަން ނިންމީ މިވަގުތަށް: ޕީޖީ

ފާތިހަށް ދަޢުވާނުކުރަން ނިންމީ މިވަގުތަށް: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
04 އޮގަސްޓް 2021 11:25
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހަށް ދައުވާ ނުކުރުމަށް ނިންމާފައިވަނީ މިވަގުތަށް ކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ފާތިހު އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާ އަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގެ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހު އަކީ ފުލުހުން ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ފާތިހުއަށް ދައުވާ ނުކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ޕީޖީ ވިދާޅުވީ މިވަގުތަށް ލިބިފައިވާ ހެކިތަކަށް ބެލުމަށްފަހު، ދައުވާނުކުރަން ނިންމާފައިވާކަމަށެވެ.

ނަމަވެސް މިމައްސަލައަކީ މިހާރުވެސް ތަހުގީގް ކުރިއަށްދާ މައްސަލައަކަށް ވެފައި، މިމައްސަލާގައި ފާތިހުގެ ފަރާތުން ސާފުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން އެކަންކަން ތަހުގީގުގައި އެކަންކަން ސާފުވެގެންދާނެކަމަށެވެ. މިމައްސަލައަކީ މިހާރުވެސް ތަހުގީގް ކުރިއަށްދާ މައްސަލައަކަށް ވުމުން ފާތިހުއަށް ދައިވާ ނުކުރަން މިވަގުތަށް ނިންމި ސަބަބާއި ގުޅިގެން ޕީޖީ މާބޮޑު ތަފްސީލަކަށް ގޮސްފައި ނުވެއެވެ.

"ދައުވާނުކުރަން ނިންމި ސަބަބަކީ އަޅުގަނޑުމެންނަށް މިހާތަނަސް ލިބިފައި އޮތް ހެކިތަކާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރުގައި މިވަގުތަށް އަޅުގަނޑުމެން ދައުވާއެއް ނުކުރަން ނިންމައިގެން މިއުޅެނީ. ދެން އޭގެ ތަފްސީލްތަކަށް އަޅުގަނޑު ދާކަށް ނެތިން. އަދި މިމައްސަލައިގެ ތަހުގީގެއް މުޅިން ނުއެއް ނިމޭ. ފާތިހުގެ ފަރާތުން ހޯދަންޖެހޭ ބައެއް މައުލޫމާތުތައްވެސް އެބަހުރި. އަދި ފާތިހުގެ ބައެއް މައުލޫމާތުތައް އަޅުގަނޑުމެންނަށް މުޅިން ފައިނަލައިޒްއެއް ނުއެއްވޭ. މިވަގުތަށް އަޅުގަނޑުމެން ދައުވާ ނުކުރަން ނިންމައިގެން މިއުޅެނީ." ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ އަހުމަދު ފާތިހުއަކީ ކުރިން ފުލުހުންގެ ތެރޭގައިވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މިމައްސަލާގައި ދައުވާ ކުރަން ފޮނުވުނު 4 މީހުންގެ މައްޗަށް ވަނީ ބޮޑެތި ހުކުމްތައް އަންނަ 13 ދައުވާއެއް އުފުލާފައެވެ. ހަމަލާ އާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ. ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.