އަދުހަމް އާއިއެކު އިއުތިރާފް އެއްބަސްވުމެއް ހަދައިފި

އަދުހަމް އާއިއެކު އިއުތިރާފް އެއްބަސްވުމެއް ހަދައިފި

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 02:11
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނު ދުވަހު ދެވުނު ނިރުބަވެރި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދާއިއެކު އިޢުތިރާފްގެ އެއްބަސްވުން ހަދައި ކޯޓަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އަދުހަމްއާއިއެކު އިއުތިރާފް އެއްބަސްވުމެއް ހަދައި، ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އޭނާއާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 20 އަހަރުގެ ހުކުމަކާއި، 3 އަހަރުގެ ހުކުމަކާއިއެކު ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އެއްބަސްވުމެއް ހަދާފައިވާކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ޕްރޮސެކއިޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އަދުހަމްއާއިއެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 4 ދައުވާއެއް އުފުލިގެންދާނެކަމަށެވެ. އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލާގައި އަދުހަމްއައިއެކު އެއްބަސްވުނުން ހެދުމުން އޭނާގެ މައްޗަށް އަންނަ 37 އަހަރުގެ ހުކުމް 23 އަހަރަށް ކުޑަވެގެން ދާނެކަމަށެވެ. އޭނާއަށް އުފުލި ދައުވާތަކުގެ ތެރެއިން އިއުތިރާފް އެއްބަސްވުމުގެ ތެރެއިން ކުރިއަށް ނުގެންދާނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އިއުތިރާފް އެއްބަސްވުން ހެދެނީ ޖިނާއީ އިޖުރާތު ޤާނޫގެ ދަށުން ކަމަށެވެ. ޤާނޫނުގެ ތެރެއިން އެއްބަސްވުން ހަދާއިރު، ކުއްވެރިއާއިއެކު ވެވޭނެ އެއްބަސްވުންތައް ބަޔާންކޮށްފައިވަކަމަށެވެ. އަދި އަދުހަމްއާއިއެކު އެއްބަސްވެފައިވަނީ ޤާނޫނުގެ ތެރެއިންކަމަށް ޕީޖީ ވިދާޅުވިއެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލު ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.