ހައިލަމް؛ ގާސިމަށް: ސިޔާސީ ޕާޓީހެދުމާއި، ވެރިކަން ކުރުމަކީ ވަކިބަޔަކަށް އޮތް ހައްގެއްތޯ؟

ހައިލަމް؛ ގާސިމަށް: ސިޔާސީ ޕާޓީހެދުމާއި، ވެރިކަން ކުރުމަކީ ވަކިބަޔަކަށް އޮތް ހައްގެއްތޯ؟

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 02:00
0

ޖުމްހޫރީ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރެއްވުމަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރައްވާ ވަރަށް ހަޑިހުތުރު ކަމެއް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދެއްކެވި ވާހަތަކަށް ކްރިމިނަލް ކޯޓިގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ރައްދު ދެއްވައިފިއެވެ.

ހައިލަމް ވަނީ ރާއްޖޭގައި ސިޔާސީ މަސައްކަތް ކުރުމާއި، ސިޔާސީ ހަރަކާތްތައް ހިންގުމަކީ ހަމައެކަނި ވަކި ބަޔަކަށްއޮތް ކަމެއްތޯ ސުވާލު ކުރައްވާފައެވެ. ސިޔާސީ ގޮތުން ޤާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ހަމައެކަނި ސިޔާސީ މަންފާތަކެއް ހާސިލް ކުރުމަށްތޯވެސް ހައިލަމް ވަނީ ސުވާލު ކުރައްވާފައެވެ.

ހަޑިހުތުރު ވަނީ ކޮން ގޮތަކުންތޯ؟ މި ގައުމުގައި ސިޔާސީ ޕާޓީ ހެދުމާއި ވެރިކަންކުރުމަކީ މަހުޖަނުންނާއި ވަކި ދަރިފަސްކޮޅެއްގެ ބަޔަކަށް އޮތް ޙައްޤެއްތޯ؟ އެ ބޭފުޅުން މިނިވަން ކުރުމަށް ޤާސިމް އިބްރާހިމް މަސައްކަތް ކުރެއްވީ މަނިކުފާނަށް ސިޔާސީ މަންފާތަކެއް ހުރުމުން ނޫންތޯ؟

– ހައިލަމް ވިދާޅުވިއެވެ.

ނާޒިމާއި ރިޔާޒާ މެދު ވަރަށް ހިތްހަމަޖެހިވަޑައިނުގެން ގާސިމް ވިދާޅުވީ، އޭނާއާ މެދު ރަނގަޅަށް ކަންތައް ކޮށް ނުދިން ބަޔަކު އެހެން ބަޔަކަށް އިހުލާސްތެރިވެ، ރަނގަޅުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައްޔިތުންނަށް ހެޔޮ އެދިގެން މަސައްކަތް ކުރައްވާ ކަމަށް ސިޔާސީ ބޭނުމެއްގައި ވިދާޅުވިޔަސް އަމަލުން ފެންނަނީ އެހެން ގޮތަކަށް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ސަރުކާރުން ޖޭޕީ އަށް ކަނޑައަޅާފައިވާ ސްލޮޓްތަކަށް ބޭފުޅުން އައްޔަން ކުރެއްވުމުގެ ކަންކަން ވެސް ކުރިއަށް ގެންދެވީ ނާޒިމާއި ރިޔާޒް އިސްވެ ތިއްބެވި ކޮމިޓީއަކުން ކަމަށާއި އެފަދަ ބާރުތައް ވެސް ދެއްވި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.