ރ.އުނގޫފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އެމަސައްކަތްއް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އުނގޫފާރު މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވީ މަގުހެދުމުގެ މަޝްރޫޢުގެ %85 މަސައްކަތް މިހާރު ނިންމާލާފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، ދުއްވާ ސަރަޙައްދުގެ ސަބްގްރޭޑް މަސައްކަތްތައް ވަނީ ނިމިފައި ވާކަމަށެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ.
Road construction project of R. Ungoofaaru is well underway, with overall 85% project progress. We have completed subgrade works of the carriageway. Laying of Aggregate Base Course (ABC layer) is currently ongoing, with 95% completion. #MTCCProjects pic.twitter.com/KwgrEgNq90
— MTCC Plc (@MTCCPlc) August 3, 2021
މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުނގޫފާރު މަގުހެދުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ފެންހެދޭ ވަގުތުތަކުގައި ފެންހިދުމަށް ޚާއްސަ ނިޒާމެއް ޤާއިމްކުރުމާ މަގުބައްތިތައް ހަރުކޮށް މަގުތަކުގައި ދުވެލިމަތަ ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން ހިމެނެއެވެ.
30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރުއޫގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، 2019ވަނަ އަހަރުގެ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ.