ސައީދު؛ އިމްރާނަށް: މިސަރުކާރުން ހަދާފައިވާ އެއްބަސްވުނަތައް ދެކުނިންތޯ؟

ސައީދު؛ އިމްރާނަށް: މިސަރުކާރުން ހަދާފައިވާ އެއްބަސްވުނަތައް ދެކުނިންތޯ؟

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 10:09
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކަރުން، ވެރިކަމައި ހަވާލުވިފަހުން ބޭރުގެ އެކި ޤައުމުތަކާއިއެކު ހަދާފައިވާ އެއްބަސްވުންތައް އަދާޕަލު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފެނުނުތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިމްރާނާއި ސުވާލު ކުރައްވައިފިއެވެ.

ގައުމު މިނިވަންކުރުމުގެ ނަމުގައި ޕީޕީއެމް، ޕީއެންސީން ފަށާފައިވާ ކެމްޕެއިންގެ ދައުވަތު އިދިކޮޅު ކޯލިޝަނުން އަދާލަތަށް ދިނުމުން އެޕާޓީން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށާއި ގައުމިއްޔަތަށް ނުރައްކާވެ، ރައްޔިތުން ނިކަމެތިވާ ހިސާބަސް ގޮސްފި ނަމަ އިސްވެ ނުކުންނާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް އަދަލަތުން ވަނީ ބުނެފައެވެ.

އަދާލަތުގެ ވާހަކަތާއި ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތައް އިމްރާނަށް ފެނި އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އަދި އެއްބަސްވުންތައް ނުފެންނަ ނަމަވެސް ޤައުމަށް ލޮޅުން އަރުމާއި ގުޅޭގޮތުން ދައްކަވާ ވާހަތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއްކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ޝައިޚު އިމްރާން ބެއްލެވިންތޯ؟ ބެއްލެވިނަމަ، އެއްބަސްވުމުގައި ކަންބޮޑުވުމެއް ނެތީތޯ؟ ނުބައްލަވާނަމަ ލޮޅުން ނާރާނެކަމަށް ތިޔަ ވިދާޅުވަނީ ކޮން ގޮތަކުންތޯ؟

– ސައީދު ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށްފަހު އިންޑިއާއާއިއެކު އަޑި ނޭގޭ އެއްބަސްވުންތަކެއް ހަދާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ޚާއްސަކޮށް އަސްކަރީ ގޮތުން ހަދަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ ކަންކަން ހުރިކަމަށް ދަނީ ބުނަމުންނެވެ.

ޕީޕީއެމްގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މިހާރު ގައުމުގެ މިނިވަންކަން އޮތީ ނާޒުކް ހާލަތަކަށް ގޮސްފައި ކަމަށާއި ގައުމު ސަލާމަތްކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.