ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަގަން: ގެސްޕަރީނީ

ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަގަން: ގެސްޕަރީނީ

ގުޅުންހުރި

އިޓާލިއަން ސެރިއާގައި ލާޒިޔޯ އަތުން ބަލިވުމުން ހުރިހާ ޒިންމާއެއް އޭނާ ނަގާކަމަށް އެޓްލާންޓާގެ ކޯޗު ޕިއޭރޯ ގެސްޕަރީނީ ބުނެފިއެވެ.

ލީގުގައި ލާޒިޔޯ އަތުން ބަލިވުމުން ގެސްޕަރީނީ ބުނީ ބައެއް ހާލަތްތަކުގައި ބައެއް ނަތީޖާ ތަކަކީ ކޯޗު ޒިންމާ ނަގަންޖެހޭ މެޗުތަކެއް ކަމަށާއި ލާޒިޔޯ މެޗަކީ އެފަދަ މެޗެއްކަމަށެވެ. ބައެއްފަހަރު ކަންކަން ތަޖުރިބާ ކުރަން ހަދައިގެން ޓީމަށް ގެއްލުންވެސް ލިބޭކަމަށާއި މިމެޗުގައި ދިމާވީ އެކަހަލަކަމެއް ކަމަށް ގެސްޕަރީނީ ބުނެފައިވެއެވެ.

ޓީމާ އަލަށް ގުޅުނު ކުޅުންތެރިން އޭނާ ޕްލޭނަށް ހޭނެންޖެހޭ ކަމަށާއި އެހެންނޫނީ ޓީމް ބެލެންސް ކުރަމަށް އުނދަގޫވެ، އުނދަގޫ ހާލަތަކަށް ގޮސްދާނެކަމަށް ގެސްޕަރީނީ ބުނެފައިވެއެވެ. އޭނާ ބުނީ ސީޒަނުގެ ފެށުން ގޯސްނޫންކަމަށާއި ފުރަތަމަ ތިންމެޗުން މޮޅުވުމުން އެކަންއޮތީ ފެންނަކަމަށެވެ. އެހެންނަމަވެސް ޓީމުގެ އެންމެ މޮޅުކުޅުން ދައްކައިގެން ނޫނީ ލީގުގައި ސަލާމަތް ނުވާނެކަމަށް ގެސްޕަރީނީ ބުނެފައިވެއެވެ.

ބައެއް ކަންކަން ތަޖުރިބާ ކޮށްލަން ފުރުސަތު ލިބިމުން ބައެއްފަހަރު ގޯސްވޭ އެބަ. ޓީމަށް އަލަށް ގުޅުނު ކުޅުނުތެރިން އެބަޖެހޭ އަވަހަށް އަހަރަމެންގެ ބައްޓަމަށް ފިޓުވާން. ޓީމުގައި އެބަދިމާވޭ ބެލެންސްގެ މައްސަލަވެސް.

– ގެސްޕަރީނީ

މިދިޔަ ސީޒަނުގައި އަލަށް ޗެމްޕިއަންސް ލީގުގައި އެޓްލާންޓާ ގޮވައިގެން ކުއާޓަރ ފައިނަލާ ހަމަޔަށް ދަތުރުކުރި ކޯޗު މިވަގުތައް ބަލާއިރު ޓީމުން ތިން މުބާރާތެއްގައި މާ ގިނަ މެޗު ކުޅެން ޖެހުމަކީވެސް ދިމާވާ މައްސަލައެއް ކޯޗު ގެސްޕަރީނީ ވަނީ ބުނެފައެވެ. މިމެޗުން ބަލިވުމާއެކު އެޓްލާންޓާ ވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *