ޕޮޒިޓިވް އަދަދު އަދިވެސް 100 އިން މަތީ! މިއަދު 115 މީހުން

ޕޮޒިޓިވް އަދަދު އަދިވެސް 100 އިން މަތީ! މިއަދު 115 މީހުން

ރާއްޖެއިން އިތުރު 115 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 115 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 23 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 78 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 12 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 77،547 އަށް އަރާފައެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،556 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 20 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 160 މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 74،758 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5،573 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. މީގެ ތެރެއިން 2018 ސާމްޕަލަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 204 ދިވެހިންނާ 17 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *