ހިޔާ ފްލެޓް ލިބުނު މީހުންގެ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމާ ހަވާލުކޮށްފިއެވެ.
ހިޔާ ޔޫނިއަން އިން އެދެނީ ޔުނިޓްތަކުގެ ކުލި -/5600ރ އަށް ކުޑަކުރެވި އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެއްދެވުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ -/100،000ރ މަޢާފް ވެގެން ދިއުމެވެ.
ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި މިސަރުކާރުން ހަމަޖައްސާފައިވަނީ ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާ އާއި އެކު ޖުމްލަ 8،500 ރުފިޔާއެވެ.
ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހިޔާ ފްލެޓް ތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދިނުމަށާއި، ފްލެޓްތަކުގެ އެތެރޭގެ މަސައްކަތަށް ހޭދަވާ ފައިސާ ދެއްކުމަށް އޮތް މުއްދަތު ނުވަތަ ގުރޭސް ޕީރިއެޑް 12 މަހަށް ބަދަލުކޮށްދިނުމާއި ފްލެޓްގެ ޖުމަލަ އަގުން ފްލެޓްގެ އެތެރޭގެ މަސައްކަތްތައް ނިންމަން ހޭދަވާ އެއްލައްކަ ރުފިޔާ މައާފްކޮށްދިނުމަށެވެ.
ހިޔާ ޔޫނިއަން އިން ކުރަމުންދާ މަސައްކަތް ތަކަކީ މަތީގައި ބަޔާން ކުރެވުނު 3 މަގްސަދު ހާސިލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެކެވެ. ހިޔާ ޔޫނިއަންގެ އެދުމަކީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅި ކޮމެޓީ މަރުޙަލާއިން ގޮތްތަކެއް ނިންމި މަޖިލިސް ތަޅުމުން މިކަމާއި ގުޅިގެން ގޮތެއް ނިމުން ކަމަށް ހިޔާ ޔޫނިއަން އިން ބުނެއެވެ.
ރައްޔިތުންނާއި ގުޅިފައިވާ 25،000 އެތަކެއް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ މި މައްސަލަ އަށް ހައްލެއް ލިބުމަކީ ހިޔާޔޫނިއަންގެ އެދުމެވެ.
One Response
ހިޔާފުލެޓް އަގުބޮޑުވާމީހުން ފުލެޓްދޫކޮއްލީމައި ނިމުނީނޫންތަ އޭރުން އަގުބޮޑުނުވާމީހުން ފުލެޓް ނަގާނެ