ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ %41 މަސައްކަތް ނިމިއްޖެ

ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ %41 މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޖިމީ
01 އޮގަސްޓް 2021 09:51
0

ށ.ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، ފޯކައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ.. މި މަޝްރޫޢަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރުޢުގެ ދަށުން 45795 ކިއުބިކް މީޓަރގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 507 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 100 މިޓަރުގެ ސަހަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޅުގައި 464 މީޓަރުގައި އެއްގަމު ތޮށިލުމާއި، 2320 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް ބަނދަރު ހިމެނޭ ސަރަހައްދުގައި ހަދާނެއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެެވެ. އަދި ފޯކައިދޫގައި ތަރައްޤީ ކުރާ ބަނދަރު މަޝްރޫޢުގެ އަމަލީ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެންބަރ މަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.