ވީއޭއާރް އޮންނާނީ ބާސެލޯނާއާއި ދެކޮޅަށް: ކޫމަން

ވީއޭއާރް އޮންނާނީ ބާސެލޯނާއާއި ދެކޮޅަށް: ކޫމަން

Author
އިބްރާހީމް ސާޢިދު
26 އޮކްޓޯބަރ 2020 08:24
0

ސްޕެނިޝް ލަލީގާގައި  ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އޮންނާނީ ބާސެލޯނާ ދެކޮޅަށް ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ލީގުގައި މެޑްރިޑު އަތުން ބަލިވި މެޗަށްފަހު ކޫމަން ބުނީ މިހާތަނަށް ލީގުގައި ފަސް މެޗު ކުޅުނުއިރު، ވީއޭއާރުގެ އެހީ މުޅިންވެސް ލިބެނީ ބާސާއާ ދެކޮޅަށް ކުޅޭ ޓީމަށް ކަމަށާއި، ދުވަހަކުވެސް ބާސާއާ އެއްކޮޅަށް ވީއޭއާރުން ނިންމުމެއް ނިންމާތަން ނުފެންނަ ކަމަށްވެސް ކޫމަން ބުނެފައިވެއެވެ.

ކޫމަން ބުނީ މި މެޗުން ބާސާ ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މެޗުގައި ރެފްރީ ދިން ޕެނަލްޓީ ކަމަށެވެ. އަދި މި މެޗުގައި ބާސާއަށް ހައްގު ދެ ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށާއި، އެކަމަކު ބާސާއަށް ލިބެން ޖެހޭ ޕެނަލްޓީއެއް ދިނުމަށް ވީއޭއާރް އާއި ރެފުރީއަށްވެސް އުނދަގޫވާ ކަމަށެވެ.

އެމީހުންނަށް ޕެނިލްޓީ ދިން ގޮތައް އަހަރެމެންނަށް ވެސް ލިބެންޖެހޭ، އެކަމަކު މުޅި ސިސްޓަމް އޮންނީ އަހަރަމެންނާ ދެކޮޅަށް.

– ކޫމަން

މި ނަތީޖާއާއެކު ބާސާ މި ވަގުތު އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކު ލީގުގެ 12 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.