ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ފަރަށް އުރިއްޖެ

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ފަރަށް އުރިއްޖެ

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 09:38
0

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި އެފްއެސްއެމްގެ ބާޖެއް ނޫމަރާ ފަރަށް އުރިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން 5 މީހުންނާއިއެކު ދަތުރުކުރި އެފްއެސްއެމް ގެ ތެޔޮ ބާޖް (މެކުނު) ށ.ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން އެމްއެންޑީއެފް ނޮދާން އެރިއާ ކޯސްޓް ގާޑު ސްކޮޑުން ދަނީ ހަރަކާތްތެރިވަމުންނެވެ،

މިހާދިސާގެ ރިޕޯޓް ލިބިފަިއވަނީ މިއަދު ހެނދުނު 6:59 ގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ބާޖްގެ ވެރިފަރާތުން ބާޖް ފުންކުރުމަށް އެހެން ބޯޓެއްގެ އެހީތެރިކަން ހޯދަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ބާޖު ފަރަށްއެރީ ފޯކައިދޫ އިން ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އަދި ބާޖްގައި 10،0000 ލީޓަރު ޑީސެލް އާއި، 15،000 ލީޓަރުގެ ޕެޓްރޯލް ހުރިކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ވަރަކަށް ބޯޑުގައި ހުރި ތެޔޮ ލީކުވެފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.