ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޓީނިއޯ ކުޅުމާއި ދުރަށް

ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޓީނިއޯ ކުޅުމާއި ދުރަށް

Author
އިބްރާހީމް ސާޢިދު
26 އޮކްޓޯބަރ 2020 08:09
0

ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބާސެލޯނާގެ ފިލިޕް ކުޓީނިއޯ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

އަނިޔާއާއި ގުޅިގެން ކުޓީނިއޯއަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ޔުވެންޓަސްއާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ. ކުޓީނިއޯއަށް އަނިޔާވެފައިވަނީ ލަލީގާގަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވީ 2018 ވަނަ އަހަރު 145 މިލިއަން ޔޫރޯއަށެވެ. ނަމަވެސް ބާސާއިން ހުސްވި ސީޒަންގަ ލޯނު އުސޫލުން ބަޔާން މިއުނިކަށް ދޫކޮއްލުމުން އޭނާ ވަނީ އެ ކުލަބާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޖަރުމަނު ލީގާއި ޖަރުމަނު ކަޕުވެސް އެ ޓީމާ އެކު ކާމިޔާބުކޮއްފައެވެ.

ކުޓީނިއޯ ވަނީ މިސީޒަންގެ މިހާތަނަށް ކުޅުނު ފަސް މެޗުގައި ދެ ގޯލު ވަނީ ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.