އަގުއޭރޯއަށް އަނެއްކާވެސް އަނިޔާވެއްޖެ

އަގުއޭރޯއަށް އަނެއްކާވެސް އަނިޔާވެއްޖެ

Author
އިބްރާހީމް ސާޢިދު
26 އޮކްޓޯބަރ 2020 08:14
0

އަނިޔާއިން ރަނގަޅުވެ އެނބުރި އަލުން ކުޅުމުގެ ތެރެއަށް އައި މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއޭރޯއަށް އަނެއްކާވެސް އަނިޔާވެއްޖެ އެވެ.

ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް 1-1 ން އެއްވަރު ވި މެޗުގެ ފުރަތަމަ ހާފަށް ފަހު އަގުއޭރޯ އަނިޔާވެގެން ވަނީ ބަދަލު ކޮށްފައެވެ.

އަގުއޭރޯ ހާލަތާ ގުޅޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނީ ކުޅުންތެރިޔާގެ ވަކިއެއްޗެއް ބުނަން ނޭގުނު ނަމަވެސް ފެންނަ ފެނުމަށް އަނިޔާ އެހާ ގޯސްނޫން ކަމަށެވެ. ކުޅުންތެރިޔާގެ މިފަހަރު އަނިޔާވެފައި ވަނީ ފަލަމަސްގަޑަށެވެ.

ދާދިފަހުން އަނިޔާގެ ސަބަބުން ހަތަރުމަހަށް ކުޅުމާ ދުރުގަ ހުރުމައްފަހު އަގުއޭރޯ ކުޅެން ނުކުމެފަ ވަނީ ހުސްވި ހަފްތާ އާސެނަލް މެޗުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.