ތާއީދު އަނބުރާ ގެންދެވީ ޕާޓީގެ އުސޫލުތަކާއި ޚިލާފަށް ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ދިއުމުން: ޔުމްނާ

ތާއީދު އަނބުރާ ގެންދެވީ ޕާޓީގެ އުސޫލުތަކާއި ޚިލާފަށް ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ދިއުމުން: ޔުމްނާ

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޔާމީނަށް ކުރި ތާއީދު އަނބުރާ ރައީސް މައުމޫން ގެދެވީ ޕީ.ޕީ.އެމް ގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން ކަމުގައި ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކުރަމުން ގެންދެވި ތާއީދު އޭރު ސަރުކާރު ހިންގެވި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ގެންދެވީ ރަައީސް ޔާމީން ގެންނަވަމުން ގެންދެވީ ތަރައްގީއަކީ އެމަނިކުފާނުގެ "ލެގަސީ" ދުއްވާލަން ކުރެއްވި ކަމެއް ކަމަށް ވިދާޅުވުމަށް ފަހު ކަމަށް ޕީއެންސީގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

ޔުމްނާ ވިދާޅުވީ ހުޅުމާލޭގެ ފޭސް ދޭކަކީވެސް އަދި ބްރިޖަކީވެސް ރައީސް މައުމޫންގެ ތަސައްވަރެއްކަމަށެވެ. އޭރުގެ ވެރިކަމުގައި ރައްޔިތުންނަށް އެތައް އަނިޔާއެއްކޮށް، ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައްކަމެއްކޮށް، ޕީޕީއެމްގެ އުސޫލުތައް ދޫކޮށްލުމަކީ ރައީސް މައުމޫން ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވި ސަބަބުކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކަނޑައެޅިގެން ދޮގެއް. ފޭޒް 2 ވެސް ބްރިޖްވެސް އެއީ ރައީސް މައުމޫންގެ ތަސައްވުރެއް. ތާއީދު އަނބުރާ ގެންދެވީ ޕީ.ޕީ.އެމް ގެ ސަރުކާރު ޕީ.ޕީ.އެމް ގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން. އޭރު ކަން ހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއްނުވޭ.

– ޔުމްނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންނާއި ރައީސް މައުމޫންގެ ގުޅުން ގޯސްވެފައިވަނިކޮށް 2016 އޮކްޓޫބަރ 7ގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ރައީސް މައުމޫނާއި ބައްދަލުކުރެއްވިކަމަށެވެ. ރައީސް މައުމޫންގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީނާމެދު ރައީސް މައުމޫން އޮތް ކަންބޮޑުވުންތައް ހިއްސާކުރެއްވިކަމަށެވެ. އެގޮތުން މާލެ ހުޅުލެ ބްރިޖް އެޅުމާމެދުވެސް ސުވާލުކުރެއްވިކަމަށާއި، އެއަށްވުރެ  މާ މުހިންމު ކަންކަނ ްހުރިކަމަށް ރައީސް މައުމޫން ވިދާޅުވިކަމަށް އަދުރޭ ހާމަކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައ ބޮޑު އިސްލާމީ މަރުކަޒެއް ބިނާކޮށްފައިވަނިކޮށް، “ކިންގް ސަލްމާން” މިސްކިތް ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ ބޭނުމެއް ނެތްކަމަށްވެސް ރައީސް މައުމޫން ވިދާޅުވިކަމަށް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާޏުގެ ވެރިކަމުގައި ހުޅުމާޅެ ހިއްކާފައިވަނިކޮށް، “ޒުވާނުންގެ ޝަހަރު”ގެ ނަމުގައި ހުޅުމާލެ ދެވަނަ ފޭސް ހިއްކުމުގެ ބޭނުމާމެދުވެސް ރައީސް މައުމޫން ސުވާލު އުފެއްދެވިކަމަށް އަދުރޭ ވިދާޅުވިއެވެ.

އެ ހުރިހާ ކަމަކީ ރައީސް މައުމޫންގެ ލެގަސީ ދުއްވާލުމަށް ރައީސް ޔާމީން ކުރައްވާ ކަންކަންކަމަށް ވިދާލުވެ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރެއްވިކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ، އެ ވާހަކަތައް ދޮގުކުރައްވަން ރައީސް މައުމޫނަށް ކެރިވަޑައި ނުގަންނަވާނެކަމަށެވެ.

 އަޅުގަނޑު ގާތުގައި ރައީސް މައުމޫން ވިދާޅުވީ ތިމަންނަގެ މައްސަލައަކީ މިއީއޭ. ތިމަންނަގެ ‘ލެގަސީ’ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ. މަވެތި ކަމުގެ ކިހާ ރަނގަޅު މިސާލެއްތޯ މިއީ!

– ޢަބްދުއްރަޙީމް ޢަބްދުﷲ

އަދުރޭ ވިދާޅުވީ ޤައުމުގެހައްގުގައި މަސައްކަތްކުރައްވާކަމަށް ވިދާޅުވާ ލީޑަރުންހެ ހަގީގަތް ރައްޔިތުންނަށް ހާމަވާންޖެހޭކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ އެވާހަކަތައް ރައްޔިތުންނާއި ހަމައަށް ގެންނަވަންޖެހުނީ އެހެންވެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމުގެތެރެއިން، ރައީސް މައުމޫން ރައީސް ޔާމީނަށް އޮތް ތާޢީދު އަނބުރާ ގެންދެވިކަން ހާމަކުރެއްވީ، ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާއި ހަވާލުކުރެއްވުމަށް ސުޕްރީމް ކޯޓުން ޢަމުރުކުރެއްވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *