އަޔެކްސް އިން 13 ލަނޑުޖަހާ ވެން ލޯ ލަދުގަންނަވާލައިފި

އަޔެކްސް އިން 13 ލަނޑުޖަހާ ވެން ލޯ ލަދުގަންނަވާލައިފި

Author
އިބްރާހީމް ސާޢިދު
26 އޮކްޓޯބަރ 2020 08:20
0

ނެދަލޭންޑް ލީގްގައި ވީވީވީ ވެންލޯގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން އަޔެކްސް 13-0 ން މޮޅުވެ ލީގުގެ އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ރެކޯޑް ހަދައިފި އެވެ.

އަޔެކްސްގެ 13 ލަނޑުގެ ތެރެއިން ނުވަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ވެންލޯގެ ކްރިސްޓިއަން ކުމްއަށް މެޗުގެ 51 ވަނަ މިނެޓްގައި ވަނީ ރަތް ކާޑުގެ ސަބަބުން ދެވަނަ ހާފުގެ ބޮޑުބައެއް ވެންލޯއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގައި އަޔެކްސްގެ ލަސިނާ ޓްރައޯރޭ ވަނީ ފަސް ލަނޑު ޖާހަފަ އެވެ.

ވެންލޯ އޮތީ ފަސް ޕޮއިންޓާއެކު ލީގުގެ 11 ވަނައިގަ އެވެ. އަޔެކްސް އޮތީ 15 ޕޮއިންޓާއެކު އެއް ވަނައިގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.