ކޮންމެ ޤައުމަކުންވެސް އެހެން ޤައުމުތަކާއި ގުޅުން ޤާއިމްކޮށް ދެމެހެއްޓުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ، އަމިއްލަ ޤައުމުގެ މަސްލަހަތަށް ކަމުގައި ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަކާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ޤައުމަކުންވެސް އަބަދުވެސް އިސްކުރަންޖެހޭނީ އަމިއްލަ ޤައުމުގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިޤުލާލު ނުގެއްލޭ ގޮތަށް ޤައުމުތަކާއި ގުޅުން ޤާއިމްކޮށް ދެމެހެއްޓުމަށް ކަމުގައެވެ.
ބޭރު ގައުމުތަކާ ގުޅުން އުފައްދައި އެ ގުޅުން ދެމެހެއްޓުމުގައި ކޮންމެ ގައުމަކުން ވެސް އެންމެ އިސްކަން ދޭންވާނީ އެ ގައުމެއްގެ އަމިއްލަ މަސްލަހަތަށް.
– އުގައިލް ވިދާޅުވިއެވެ.
ބޭރު ގައުމުތަކާ ގުޅުން އުފައްދައި އެ ގުޅުން ދެމެހެއްޓުމުގައި ކޮންމެ ގައުމަކުން ވެސް އެންމެ އިސްކަން ދޭންވާނީ އެ ގައުމެއްގެ އަމިއްލަ މަސްލަހަތަށް.
— Professor Ugail (@ugail) July 30, 2021
އުގައުލް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، އުގައިލް ވަނީ މީގެ ކުރިންވެސް ސަރުކާރުން ވަކި ޤައުމަކާއި މާބޮޑަށް ގާތް ގުޅުމެއް ބާއްވައި، އަދި އުގައިލް ނިސްބަތްވާ އައްޑު ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް ކުރަމުންދާ މަސައްކަތާއި ދެކޮޅަށްވެސް ވާހަކަ ދައްކަވާފައެވެ. ސިޔާސީ ގޮތުން އެއްވެސް ފިކުރަކަށް ތާއީދުނުކުރައްވާ އުގައިލްގެ ޚިޔާލުތަކަށް ވަރަށް ގިނަ ބަޔަކު ތާއީދު ކޮށްފައިވެއެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާއިރު، ރައީސް ވިދާޅުވެފައިވަނީ އައްޑޫގައި އިންޑިއާގެ ކުންސިއުލޭޓެއް ޤާއިމްކުރުމާމެދު އަދި ދިވެހި ސަރުކާރުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާއާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއަށް ބާރުފޯރުވަން ޖާގަދީފައިވާކަމަށް ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުންވެސް ދަނީ ބުނަމުންނެވެ. އަދި އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖޭގެ މީހުން ދިރިއުޅޭ ރައްރަށުގައި ދިރިއުޅެމުންދާކަމީ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.
ކޮމެންޓު ފޮނުވާ