ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިނިސްޓަރ ޢިމްރާން ކޯވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ، އާލާސްކަންފުޅައި އުޅުއްވާތީމިމަހުގެ 28 ގައި ކޯވިޑަށް ޓެސްޓްކުރެއްވުމުން އިއްޔެއެވެ. ބަލީގެ އަލާމަތްތައް ހުންނެވުމުން ރޭވެސް އެމަނިކުފާނު ޑޮކްޓަރަށް ދެއްކެވިކަން އެނގިފައިވެއެވެ.
ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކޯވިޑަށް ޕޮޒިޓިވްވެފައިވާއރު، އެމަނިކުފާނު ވަނީ ކޯވިޑްއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.
މިނިސްޓަރ ޢިމްރާން ކޯވިޑަށް ޕޮިޒތީވްވެފައިވާއިރު، މީގެ ކުރިން ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެވއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭގައޮ ކޯވިޑްގެ ހާލަތު ރަނގަޅުވެ ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދަށްވެފައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ކޮމެންޓު ފޮނުވާ