6 މޭ ހަމަލާގައި ހިމެނޭ އަލީ ހައިޝަމަށް ދައުވާކުރަން ފޮނުވައިފި

6 މޭ ހަމަލާގައި ހިމެނޭ އަލީ ހައިޝަމަށް ދައުވާކުރަން ފޮނުވައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަލީ ހައިޝަމަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ބޮމުގެ މައްސަލާގައ ހިމެނޭ އިތުރު މީހަކަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައި ވާކަމަށާއި، އޭނާއަށް ދައުވާކުރުމާމެދު އަންނަ ހަފްތާގެ ކުރީކޮޅު ގޮތެއް ނިންމޭނެ ކަމަށެވެ. އަދި ބައެއް ފޮރެންސިކް ރިޕޯޓްތަކުގެ ފައިނަލް ލިބެންދެން މަޑުކޮށްލައިގެން ތިބީ ކަމަށާއި ތަހުގީގު ކުރިއަށް ދާކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

އަލީ ހައިޝަމް އަކީ ހަމަލާ ދިނުމަށް ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ހަރަކާތްތެރިވީ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާގެ ތުހުމަތުގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މީގެކުރިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

މި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މި މީހުންގެ މައްޗަށް ދަޢުވާ ކުރުމާމެދުވެސް އަންނަ ހަފްތާގެ ތެރޭ ގޮތެއް ނިންމާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ