މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެ: ޝަރީފް

މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެ: ޝަރީފް

Author
މުޙައްމަދު ޖިމީ
24 ޖުލައި 2021 08:39
0

މާލޭގެ އިއްޒަތްތެރިން، އައްޑޫ މީހުންނަށް ބުލީކުރުން ޢާންމުކަމަކަށްވެއްޖެކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން އެމްޑީޕީއަށް ނިސްބަތްވާ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރަހީމް ޝަރީފް ގެންދަވަނީ، ރައީސް އިބްރާހީމް ޞާލިޙް ދިފާޢުކުރައްވާ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެޕާޓިގެ ބައެއް މެންބަރުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އައްޑޫ މީހުން ސިޔާސީ ގޮތުން ބަސްބުނުމުން، މާލޭގެ އިއްޒަތްތެރިން އައްޑޫ މީހުންނަށް ބުލީކުރުން މިހާރު ރޭވިގެން ހިންގާ ޢާންމު ކަމަކަށް ވެފައިވާކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރަހިމް ޝަރީފަށް ބުލީ ކުރާކަމުގެ ތުހުމަތު އޭނާ ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ ހާޒިރުކޮށް ކުރެވުނު ސުވާލުތަކުގެ ތެރެއިން ޝަރީފް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވަނީ ވަރަށް ކުރުކޮށް ސުވާލުތަކުގެ ޖަވާބު ދެއްވައި އެސުވާލުތަކުގެ ޖަވާބު ރައްވެހި ފަތިހުން ލިބޭނެކަމަށް ވިދާޅުވެފައެވެ. އަދި މިއާއިއެކު މަޖިލިސް ރައީސް ޝަރީފަށް އިތުރު ފުރުސަތު ނުދެއްވައި ދެއްކެވި ވާހަކަތާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ނަޝީދު މަޖިލިސް ރިޔާސަތުގައި އިންނަވައިގެން އޭނާއަށް ބުލީ ކުރުމަކީ މުޅި ދާއިރާގެ ރައްޔިތުންނަށް ބުލީ ކުރުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތައްކާނު
ޢައްޑޫ މީހުންފައިސާދޭތާތީވެ މާލޭ މީހުން ބޭފްޅުވެގެންއުޅެވެނީ