ޑިމޮކްރަސީ އަކީ ރޫޙާނީ ލީޑަރަށް އީމާންވާންޖެހޭ ގޮތަށް އޮންނަ އެއްޗެއް ތޯ ސުވާލު އުފައްދައި އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީގެ ވާހަކަތަކަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެހަމަލާއާ ގުޅޭގޮތުުން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަފުޅު ތަކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ދެކޮޅު ނުހެއްދެވޭނެ ކަމުގައި އިންތި ވިދާޅުވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ އަލްހާން ވިދާޅުވީ އިންތިގެ ވާހަކަތަކަކީ ޕާޓީއަށްވެސް ހުތުރު ދެރަވަރު ވާހަކަތަކެއް ކަމަށެވެ.
#ޑިމޮކްރަސީ އަކީ ރޫޙާނީ ލީޑަރަށް އީމާންވާންޖެހޭ ގޮތަށް އޮންނަ އެއްޗެއް އުތަ؟ @Imthiyazfahmy
ތިޔަ ދައްކަވާ ވާހަކަ ޕާޓީއަށްވެސް ހުތުރު! ދެރަވަރު ވާހަަކަ! @MohamedNasheed @ibusolih https://t.co/Uk9ATcJdF8— ????? ????? – ?? (@AlhanFahmy) July 23, 2021
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓް އެކުލަވާލި ކޮމެޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް، ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވުމުން އިންތި ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފަ އެވެ.
އިންތި ވިދާޅުވީ ރާއްޖޭގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރު އޮތްކަމަށް ފާޅުގައި ވާހަކަދައްކަވަން ކެރޭ ހަމައެކަނި ލީޑަރު، ބޮމެއް ގޮއްވާލައި ބޮޑެތި ޒަހަމްތަކެއްލިބި އެހާލުގައި އޮންނަވައިގެން މިކަން ހިނގައިދިޔަ ގޮތާއި، ޤައުމު ހަމަމަގަށް އަޅުވަން ދެއްވާ ލަފައާއި ގުޅިގެން އެކަމަށް ފާޑުކިޔައި އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ވާހަކަ ނުދެއްކޭނެކަމަށެވެ.
ނަމަވެސް އިންތިގެ މި ވާހަކަތަކަށް އެމްޑީޕީ އުފެއްދުމާއި އެޕާޓީގައި އިސްކޮށް ހަރަކާތްތެރިވީ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އިންތިގެ މި ވާހަކަ ތަކަކީ އެމްޑީޕީ އުފެއްދި މަޤްސަދާއި ޑިމޮކްރެސީއާވެސް މުޅިން ހިލާފު ވާހަކަތަކެއް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
އެމްޑީޕީ އުފެއްދުމުގެ މައިގަނޑު މަގުސަދަކަށް އޭރު ބުނަމުން ގެންދިޔައީ ޑިމޮކްރަސީގެ އުސޫލު ދިވެހި ރާއްޖެއަށް ތަޢާރަފްކުރުމާއި ޚުދުމުހުތާރު، ދިގު އާއިލީ ވެރިކަމެއް ނިންމައި ގިނަބައެއްގެ މަޝްވަރާއަށް ކަންކަން ނިންމާއުސޫލު ގައުމުގައި ގާއިމު ކުރުމަށެވެ.
ނަމަވެސް ފަހަކަށް އައިސް ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކާއި ޢަމަލުފުޅުތަކުން ޚުދުމުހުތާރު ސިފަ ފެންނަމުން ދާކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
One Response
ތިބުނީ ރަންގަޅަކަނޫ ރަންގަޅު ގޮތަކީ ލާދީނީ ލީޑަރު